އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުދީ އިޤްޠިޞާދު ރެކޯޑް ކުރިއެރުމެއް ހޯދައިފި

ސައުދީ އިޤްޠިޞާދު ރެކޯޑް ކުރިއެރުމެއް ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު


ސައުދިއަރަބިޔާއިން އެ ޤައުމުގެ އިޤްޠިޞާދު ރަނގަޅު ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި ރެކޯޑް ކުރިއެރުމެއް ހޯދައިފިއެެވެ.

ސައުދިއަރަބިޔާއިން ތެލަށް ބަރޯސާނުވެ މާލީ ކުރިއެރުން ހޯދަން ކުރަމުން ގެންދާ މަސައްކަްތތަކުގައި މިއަހަރުގެ 3 ވަނަ ކްއާޓަރުގައި 80 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާކަން ހާމަކުރުމުން އެކަން ވެގެން ދިއައީ ޤައުމުގެ އިޤްޠިޞާދު ކުރިއަރުވަން ކުރަމުން ގެންދާ މަސައްކަތްކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށް އިޤްޠިޞާދީ މާހިރުން ޤަބޫލުުރެއެވެ.

ރެކޯޑްތައް ދައްކާ ގޮތުން 3 ވަނަ ކްއާޓަރުގައި ތެލުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވަނީ 47.8 ބިލިއަން ރިޔާލައަށް (12.7 ބިލިއަން ޑޮލަރު) އަރައިފައެވެ. އަދި މިއަހަރު ލިބުނު އާމްދަނީ ވަނީ ތިން ވަނަ ކްއާޓަރުގައި އާމްދަނީއަށް ލިބުނު 11 އިންސައްތައިގެ ކުރިއެރުމާއިއެކު 142.1 ބިލިއަން ރިޔާލައަށޗ އަރައިފައެވެ.
މިއާއިއެކު ޤައުމުގެ ބަޖެޓުގެ ޑެފިސިޓް ކުޑަވެ އާންމުން ހޭދަކުރާ މީންވަރުވެސް ވަނީ އިތުރުވެފައެވެ.

ސައުދި ސަރުކާރުން މިއަހަރު އެންމެ ބޮޑު ހޭދައެއް ކުރަމުން ގެންދަނީ ތައުލީމީ ދާއިރާއަށެވެ. އަަހަރުގެ 3 ވަނަ ކްއާޓަރުގައި ސަރުކާރުގެ ޚަރަދުތައް 5 އިންސައްތަ އިތުރުވެ 190.9 ރިޔާލަ ވަނީ ޚަރަދުކޮށްފައެވެ. މިއީ 48.7 ބިލިއަން ރިޔާލަ ޑިފިސިޓް އިތުރުވާ އަދަދެކެވެ.

2017 ވަނަ އަަހަރުގެ ފުރަތަމަ 9 މަސް ދުވަސްތެރޭގައި ޖުމުލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 450.1 ބިލިއަން ރިޔާލައެވެ. ޚަރަދުކޮށްފައިވަނީ 571.6 ބިލިއަން ރިޔާލައެެވެ، އެހެންކަމުން 121.5 ބިލިއަން ރިޔާލަ މިވަނީ ޑެފިސިޓް ވެފައެވެ. ނަމަވެސް އެއީ 2016 ވަނަ އަހަރާއި އަޅާބަލައިފިނަމަ 40 އިންސައްތަ ދަށްވުމެކެވެ.

މާލީ ވުޒާރާއިން ބުނެފައިވަނީ ސައުދިއަރަބިޔާގެ އިޤްޠިޞާދު ކުރިއަރުން އަންނަނީ "ދުޅަހެޔޮ" ކަމާއިއެކުގައި ކަމަށާއި ޤައުމަށް ގެންނަމުންދާ އިޤްޠިޞާދީ ބަދަލުތަކަށް މަރުހަބާކިޔާ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް