އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފައްތާހު ފިލްމީ ދާއިރާއާ ދުރަށް.. ދިވެހި ފިލްމީ އިންޑަސްޓްރީއަށް ބޮޑު ސިހުމެއް..

ފައްތާހު ފިލްމީ ދާއިރާއާ ދުރަށް.. ދިވެހި ފިލްމީ އިންޑަސްޓްރީއަށް ބޮޑު ސިހުމެއް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު


ޢަބްދުލްފައްތާހަކީ ދިވެހި ފިލްމީ ދާއިރާގައި ފުންނާބު އުސް ނަމެކެވެ. އޭނާ ވަނީ ފިލްމީ ދާއިރާއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ފައްތާހަކީ މިކުޑަކުޑަ ރާއްޖޭގެ ފިލްމީ ޑައިރެކްޓަރުންގެ ތެރެއިން އެންމެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ އެއް ޑައިރެކްޓަރެވެ. އޭނާގެ ފިލްމުތަކުންވަނީ އެތައް ބަޔަކު ރޮއްވާ، ހެއްވާފައެވެ.
އެހެންނަމަވެސް ފައްތާޙު އޭނާގެ ފޭސްބުކްގައި ރޭ ކުރައްވާފައިވާ ޕޯސްޓެއްގެ ސަބަބުން މިވަނީ މާބޮޑަށް ރޮއްވާލާފައެވެ.

"ފިލްމީ ދާއިރާއަކުން ދެން ނުފެންނާނެ. ތޭންކްސް އޯލް. ލަވްޑް ވޯކިންގ ވިތް ޔޫ އޯލް" ފައްތާހު އޭނާގެ އެފްބީގައި ކުރައްވާފައިވާ ޕޯސްޓުގައިވެއެވެ.

ކުއްލިގޮތަކަށް ފައްތާހު ކުރެއްވި މި ޕޯސްޓަކީ ދިވެހި ފިލްމީ ދާއިރާއަށް ލޯބިކުރާ، ދިވެހި ފިލްމަށް ޝައުޤުވެރިވާ މީހުންނަށް ވަރަށްބޮޑު ސިހުމެއް ލިބުނު ޕޯސްޓެކެވެ.
21 އަހަރަށްފަހު ފިލްމީ ދާއިރާއާ ދުރަށް ދިޔަ ސަބަބު އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. އެކަމާ ކޮމެންޓެއްވެސް ކުރައްވާކަށް ބޭނުމެއް ނުވިއެވެ. " ނޯ ކޮމެންޓް " މިއީ ފައްތާހުގެ ބަހެވެ.
ސިފައިންގެ ވަޒީފާގައި އުޅުއްވި އިރު، އޮފީސްޓެލެޑްރާމާ މުބާރާތުގައި ސިފައިންގެ ބައެއް ޑްރާމާތައް ޑައިރެކްޓްކޮށް، 2000 ވަނަ އަހަރު "ހިމޭން ދުނިޔެ" ފިލްމުން ޑައިރެކްޝަނަށް ނުކުތްފައްތާހް ވަނީ އޭނާގެ 12 ވަނަ ފީޗަރ ފިލްމް "ހައްދު" މިދިޔަ ސެޕްޓެމްބަރު 6 ގައިބެލުންތެރިންނާ ހަމައަށް ގެނެސް ދީފައެވެ.
މިއީ މި އަހަރުގެއެންމެ ކާމިޔާބު އެއް ފިލްމެވެ.

ގިނަ ޑްރާމާ ސިލްސިލާތައްޑައިރެކްޓްކޮށް، ބައެއް ފިލްމްތައް ޕްރޮޑިއުސް ކޮށްފައިވާ ފައްތާހު ކުރިން ވިދާޅުވެފައިވަނީ އޭނާގެ ޢުމުރުން 50 އަހަރު ފުރުމާ އެކު ޑައިރެކްޝަނާއި ދުރަށް ދިއުމަށް ވިސްނާފައިވާ ކަމަށެވެ. އަދި ހަމައެކަނި ފިލްމް ޕްރޮޑިއުސަރެއްގެ ގޮތުގައި ހުންނަން ވިސްނާފައިވާ ކަމަށެވެ.
އަންނަ ޖެނުއަރީ މަހު އައު ފިލްމެއް ލޯންޗް ކުރަން ނިންމާފައިވާ އިރު، ރާއްޖޭގެ ރަނިކަން ކުރެއްވި "ރެހެންދި ޚަދީޖާ" ގެ ތާރީޚީ ވާހަކައަށް ބިނާކޮށް ފިލްމެއް ހަދާނެކަންވެސް އިޢުލާނުކުރެއްވުމަށްފަހު، ކުއްލިގޮތަކަށް ފިލްމީ ދާއިރާއާ ދުރަށް ދިއުން ވެގެންދާނީ ދިވެހި ފިލްމީ ދާއިރާއަށް "ފޫނުބެއްދޭ" ވަރުގެ ކަމަކަށް ޔަޤީނެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް