އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަކީޓާ 42 ވަނަ ގައުމީ ފެތުމުގެ މުބާރާތް ފަށައިފި

މަކީޓާ 42 ވަނަ ގައުމީ ފެތުމުގެ މުބާރާތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު



މަކީޓާ 42 ވަނަ ގައުމީ ފެތުމުގެ މުބާރާތް ފަށައިފިއެވެ.

މިއީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ މުބާރާތެކެވެ.

ބީއެމްއެލް މާލޭ ސްވިމިންގ ޓްރެކުގައި މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ޓީމުކެޓަގަރީ އާއި އޯޕަން ކެޓަގަރީ އާއި އެކި އުމުރުފުރާތަކުގެ ކެޓަގަރީ އާއިމާސްޓަރސް އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހުޅުވާލައިގެން ބޭއްވޭކެޓަގަރީތައް ހިމެނެއެވެ.

މި މުބާރާތުގައި 12 އަހަރުންދަށާއި 14އަހަރުން ދަށާއި 14 އަހަރުން މަތީގެ އުމުރުފުރާތަކުގައިފެތުންތެރިން ވާދަކުރާ އިރު، ކޮންމެކެޓަގަރީއެއްގައިވެސް އަންހެން އަދި ފިރިހެން އިވެންޓުތައް ކުރިއަށްދާނެއެވެ.

12 އަހަރުން ދަށާއި 14 އަހަރުންދަށުގެ އިވެންޓުގައި (ކޮންމެ ޢުމުރުފުރާއެއްގައި) 11 އިވެންޓް، އަދި 14އަހަރުން މަތީގެ ބައިގައި 11 އިވެންޓެއް ހިމެނެއެވެ. އަދި މާސްޓަރސް ކެޓަގަރީގައި 5 އިވެންޓަކާއި ޚާއްސަ އެހީއަށް ބޭނުންވާމީހުންގެ ކެޓަގަރީގައި ތިން އިވެންޓެއް ކުރިއަށް ގެންދިޔުމަށް ވަނީނިންމާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް