އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާގެ ދަރިފުޅުގެ ބޮލަށް ބަޑިޖަހާ ނާށިގަނޑު ފަޅާލާ އެއްލޯ ދުއްވާލީމާވެސް ބުނާނީ އެކަން ކުރީ މާތްމީހެއް ކަމަށްތަ؟

ތިބާގެ ދަރިފުޅުގެ ބޮލަށް ބަޑިޖަހާ ނާށިގަނޑު ފަޅާލާ އެއްލޯ ދުއްވާލީމާވެސް ބުނާނީ އެކަން ކުރީ މާތްމީހެއް ކަމަށްތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު


އުމުރުން 12 އަހަރުގެ މަރްޔަމް ސާމިރު ނިޞްބަތްވަނީ މޯސުލްއަށެވެ. އައިއެސްގެ ހަނގުރާމަވެރިން ވަށައިގެން ތިބެ ބަޑިޖަހަން ފެށީމާ ސަލާމަތްވުމަށް އޮށޯތީ ބިންމަތީގައެވެ.
އެވަގުތު ސްނައިޕަރަކު އޭނާގ ބަޑި އަމާޒުކުރީ ކުޑަކުޑަ މަރްޔަމްގެ ބޮލަށެވެ. ވަޒަން ދިއައީ ބޮލުގެ ދާށިގަނޑު ފޫއަޅުވާލާފައި އަދި އެއް ލޯވެސް ހިފައިގެންނެވެ. ނޭފަތުގެ އެތެރެއަށް ބޮޑެތި ގެއްލުންތަކެއް ވެސް ދީފައެވެ.

ޑޮކްޓަރުންެގެ މަސައްކަތުން މާތްﷲގެ ވާގިފުޅާއިއެކު މަރްޔަމްގެ ފުރާނަ ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް މޫނު މަތީގައި އައިބުތަކެއް އެބަހުއްޓެވެ. އެއް ލޯ ވަނީ ގެއްލިފައެވެ.
މަރްޔަމް ސްކޫލަށް ދެއެވެ. ނަމަވެސް ކުދިން އޭނާ ބަލައިގަންނާކަށް ބޭނުމެއް ނުވެއެވެ. ބުނަނީ މަރްޔަމް ފެންނަނީ ބިރުވެރި ކަމެއްގެ ގޮތުގައި ކަމަށެވެ.

މަރްޔަމްގެ އުންމީދަކީ އޭނާ ކުރިންވެސް އުޅެމުން އައިފަދަ ދިރިއުޅުމެއް އުޅެވުމެވެ. އުފަލުގައި އެހެން ކުދިން ފަދައިން ދުނިޔޭގައި އުޅެވުމެވެ.

ތިބާގެ އަމިއްލަ ދަރިފުޅަށް މިހާލު ޖެއްސުމުން ވެސް ޤަބޫލުކުރާނީ އެކަން ކުރީ މާތް މީހެއް ކަމަށް ހެއްޔެވެ؟ އަދި އެމީހަކު ދިނީ ދީނީ ހަމަލާއެއް ކަމަށް ހެއްޔެވެ؟

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް