އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނެޝަނަލް ލިޓްރަސީ އަދި މެތަމެޓިކްސް ސްޓްރެޖީ އިފްތިތާޙުކޮށްފި

ނެޝަނަލް ލިޓްރަސީ އަދި މެތަމެޓިކްސް ސްޓްރެޖީ އިފްތިތާޙުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 37 ސިކުންތު

ނެޝަނަލް ލިޓްރަސީ އަދި މެތަމެޓިކްސް ސްޓްރެޖީ އިފްތިތާޙުކޮށްފިއެވެ.

މި ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވީ ސްޓެލްކޯ މާލަމުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ތަޢުލީމާއިބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމްއެވެ.

ލިޓްރަސީ އާއި މެތަމެޓިކްސް ނެޝަނަލް ސްޓެރަޖީއަކީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖު 1، 2 ނުވަތަ ފަށާ ތަޢުލީމުގެ މަރުހަލާގައި ހިމެނޭ ދަރިވަރުންނަށް އަމާޒުކޮށްގެން ލިޓްރަސީ އާއި މެތަމެޓިކްސްގެ ޢިލްމާއި ހުނަރަށް އިތުރަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި ސްޓްރެޖީގެ ސަބަބުން މިކަމުގެ ޢިލްމާއި ހުނަރު ދަރިވަރުންނަށް ލިބި، އޭގެ އަލީގައި ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ފަސޭހަކަމާއެކު ހައްލުކުރަން ދަސްވާނެއެވެ. އަދި ކާމިޔާބު ޖީލެއް ބިނާވެގެންދާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް