އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޮރޮކޯގަ ބެހި ހިލޭ އެހީ ހޯދަން އުޅުމުގަ ފައިދަށުވެ 15 މީހުން މަރުވެ ގިނަ ބައަކު ޒަޚަމްވެއްޖެ

މޮރޮކޯގަ ބެހި ހިލޭ އެހީ ހޯދަން އުޅުމުގަ ފައިދަށުވެ 15 މީހުން މަރުވެ ގިނަ ބައަކު ޒަޚަމްވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

މަޣްރިބް ކަރަ، މޮރޮކޯގައި އަމިއްލަ ޖަމާއަތަކުން ބެހި ހިލޭ އެހީގެ ތެކެތި ހޯދަން އުޅުމުގެ ތެރޭގައި ފައިދަށުވެ 15 މީހުން މަރުވެ އެތައް ބައަކު ޒަޚަމްވެއްޖެއެވެ.

ރަސްމީ އިދާރާތަކުން މަރުވި މީހުންގެ އަދަދު 15 ކަމަށް ބުނި ނަމަވެސް މަރުވި މީހުންގެ އަދަދު ގިނަވާނެ ކަމަށާއި 40އަށްވުރެ ގިނަ މީހުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށް އަމިއްލަ މީޑިއާތަކުން ބުނެއެވެ. އަދި މަރުވި މީހުންނާއި ހާލުގައި ޖެހުނު މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނާއި އަންހެނުން ކަމަށްވެސް ބުނެއެވެ.

އެހީ ބެހީ ކޮންމެ އަހަރަކުވެސް އެހީގެތަކެތި ބަހަމުން އަންނަ އަމިއްލަ ޖަމާއަތަކުންނެވެ. އެޖަމިއްޔާއިން ބުނެފައިވަނީ މިއަހަރު އެހީ ހޯދަން އައި މީހުންގެ އަދަދު ގިނަވީ ކަމަށާއި ތަކެތި ބަަލައިގަތުމަށް އައުމަށް ހަމަޖައްސާފައި ހުރި އިންތިޒާމުތައް ފޫއަޅުވާލާފައި އަންނަން ގިނަ ބައަކު މަސައްކަތްކުރީ ކަަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް