އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޯލްޑިވިއަން އައިޑޮލް ސީޒަން 3 ގެ ޓްރެވެލް ޕާޓްނަރއަކަށްވެސް މޯލްޑިވިއަން..

މޯލްޑިވިއަން އައިޑޮލް ސީޒަން 3 ގެ ޓްރެވެލް ޕާޓްނަރއަކަށްވެސް މޯލްޑިވިއަން..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު



މޯލްޑިވިއަން އައިޑޮލް ސީޒަން 3 ގެ ޓްރެވެލް ޕާޓްނަރއަކަށްވެސް އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަން ހަމަޖައްސާ އެކަމުގެ ފަހުމުނާމައިގާ މިއަދު ސޮއިކޮށްފިއެވެ.
މިއަހަރުގެ ޓްރެވެލް ޕާޓްނަރ ފަހުމުނާމައިގާ ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަދި މޯލްޑިވިއަން އައިޑަލްގެ ޕްރޮޖެކްޓްހެޑް އައިމިނަތު ޝާޔަން ޝާހިދެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުންސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް ކޮމަރޝަލް އައިމިނަތު ސަމީހާ އެވެ.

ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ފުރަތަމަ ފްރެންޗައިޒް ޝޯވގެ ފާއިތުވި ދެ އަހަރުގެވެސް ޓްރެވެލް ޕާޓްނަރގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަންއެވެ.
މި ފަހުމުނާމައިގެ ދަށުން މޯލްޑިވިއަން އައިޑަލްގެ ބޭނުންތަކަށް ވައިގެމަގުން ކުރަންޖެހޭ ދަތުރުތައް މޯލްޑިވިއަންގައި ހިލޭ ކުރެވޭނެއެވެ. އަދި ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން އައިލެންޑް އޭވިއޭޝަންގެ އިޝްތިހާރުޕީއެސްއެމްގެ ޗެނަލްތަކާއި އޮންލައިން އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިމަނާނެއެވެ.

2015 ވަނަ އަހަރުން ފެށިގެން ޕީއެސްއެމުން ބްރޯޑްކާސްޓްކުރަމުން އަންނަ މޯލްޑިވިއަންއައިޑަލްގެމިފަހަރުގެ ސީޒަންގައި މިފަހަރު 4 ފަނޑިޔާރުންވަނީ ހިމަނާފައެވެ.

އެގޮތުން ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ސީޒަން އެކެއް އަދިދޭއްގައިވެސް ފަނޑިޔާރުކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ) އާއި ސީޒަންއެކެއްގެ ޖަޖު އަހުމަދު އިބްރާހިމް (އައްމަޑޭ) އާއި ސީޒަން ދޭކުންބެލުންތެރިންގެ ލޯބި ހޯދި އިސްމާއިލް އައްފާން އަދި ޒާރާ މުޖުތަބާ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް