އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެން ޓެނިސް ޗެމްޕިއަން ޖަނާ ނޮވޮޓްނާ މަރުވެއްޖެ.

އަންހެން ޓެނިސް ޗެމްޕިއަން ޖަނާ ނޮވޮޓްނާ މަރުވެއްޖެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ޖަނާ ނޮވޮޓްނާ އުމުރުން 49 އަހަރުގައި މަރުވެއްޖެއެވެ. ޖަނާ މަރުވީ ކެންސަރުގެ ބައްޔަކާ ހަނގުރާމަކުރަމުންދަނިކޮށް އިއްޔެގެ ވަގުތެއްގައެވެ.

ޖަނާ ނޮވޮޓްނާއަކީ 1993 ވަނަ އަހަރާއި 1997ވަނަ އަހަރުގެ ގްރޭންޑް ސްލޭމް ވިމެން ޓެނިސް މުބާރާތުގެ ރަނައަޕްކަމާއި 1998ވަނަ އަހަރު، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ކުޅުންތެރިއެވެ. އޭނާގެ 14 އަހަރުގެ ކަރިއަރުގައިވަނީ 24 ޓެނިސް މުބާރާތް ކާމިޔާބުކޮށްފައެވެ.

ޖަނާ މަރުވުމާ ގުޅިގެން ޓެނިހަށް ލޯބިކުރާ އެތައް ފަރާތްތަކުން ދަނީ ސޯސަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނަމުންދާ ގޮތުގައި އިއްޔެއަކީ ޓެނިހުގެ ތާރީޚުގައި ހިތާމަވެރި ދުވަހެއްކަމަށެވެ.

އެގޮތުން، ވޯލްޑް ޓެނިސް އެސޯސިއޭޝަންގެ ސިއީއޯ ސްޓީވް ސައިމޯން ވަނީ ޖަނާ، ޑަބްލިޔު.ޓީ.އޭގެ ތާރީޚުގައި ވިދަމުންދާނޭ ތަރިއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އޭނާ އިތުރަށް ބުނެފައިވަނީ ޖަނާއަކީ ދަނޑުމަތީގައި ވެސް އަދި ދަނޑުން ބޭރުގައި ވެސް ނަމޫނާ ކުޅުންތެރިޔެއް ކަމަށާއި އަދި ޖަނާ ދުނިޔެއަށް އަލްވަދާޢު ކިޔުމުގެ ކުރިން ޖަނާއާ ދިމާވެފައިވާތީ އުފާވެ އޭނާއާ މެދު ފަޚުރުވެރިވާކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް