އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިނގިރޭސިވިލާތުގައި ބުރުގާ އަޅާ ކުޑަކުދިންނަށް ސަރުކާރުން ބިރުދައްކަން ފަށައިފި

އިނގިރޭސިވިލާތުގައި ބުރުގާ އަޅާ ކުޑަކުދިންނަށް ސަރުކާރުން ބިރުދައްކަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

އިނގިރޭސިވިލާތުގައި ބުރުގާ އަޅައިގެން ސްކޫލަށްދާ ޕްރައިމަރީ ސްކޫލުތަކުގެ ދަރިވަރުންނަށް ސަރުކާރުން ބިރުދައްކަން ފަށައިފިއެވެ.

އެގޮތުން ޓީވީ ކެމެރާ ކުރިމަތީގައި ސުވާލުކުރުން ފަދަ ކަންކަން ވެސް މިހާރު ގެންދަނީ ކުރަމުންނެވެ.

ސަރުކާރުގެ މިފަދަ އަމަލުތަކާއި ގުޅިގެން މުސްލިމް ކައުންސިލް އޮފް ބްރިޓްން (އެމްސީބީ) އިން ބުނީ އިނގިރޭސިވިލާތަކީ ދީނީ މިނިވަންކަން އޮތް ޤައުމެއް ކަމަށާއި އެބައެއްގެ ދީނާއި ސަގާފަތާއި އެއްގޮތަށް ދަރިން ތަރުބިއްޔަތުކޮށް ބޮޑުކުރުމުގެ ހައްޤު އިނގިރޭސިވިލާތުގެ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ކަމަށެވެ.

މިކަމާއި ގުޅިގެން މުސްލިމުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ގިނަ ބައަކު ބުނަނީ މިއީ މުސްލިމުންގެ ޒުވާން ޖީލު އިސްލާމް ދީނާއި ދުރުހެލިކުރުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށެވެ.

ބައެއް ބެލެނިވެރިން ބުނެފައިވަނީ އެމީހުންގެ އެންމެ 3 އަހަރުގެ ދަރިފުޅާއިވެސް ސުވާލުކުރާ ކަމަށެވެ. "އެމީހުން އެބަބުނޭ އެކަންކުރަނީ ހިޖާބަ އެޅުމުން ޖިންސީ ކަންކަމަށް ހިތްވަރުލިބޭތީއޭ ވެސް. އެކަމަކު އެމީހުން އެބަ ސުވާލުކުރޭ އަހަރެމެންގެ 3 އަހަރުގެ ތުއްތު ކުދިންނާވެސް. ހިޖާބަ އެޅުމަކީ ޖިންސީ މައްސަލަތަކުން ސަލާމަތްވާ ކަމެއް. ދެން ކިހިނެއް މިވާހަކަތައް ޤަބޫލުކުރާނީ؟ ދީން އެއްފަރާތުގަ ބާއްވާފަ ދުނިޔަވީ ހަމަތަކުން ބެލި ނަމަވެސް އެކަން ވަނީ ސާބިތުވެފަ. ކިޔޭ ނުކިޔޭ އެއްޗެއްވެސް އިނގިރޭސި ސަރުކާރަކަށް ނުއެނގޭ" ކަމަށްވެސް ބެލެނިވެރިން ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް