އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައްޖުގައި ކޮންމެ އަހަރަކު ގިނަބައަކު މަރުވަނީ ﷲ އެންގެވި ގޮތްދޫކޮށް އަމިއްލަ ގޮތްތައް ނެރޭތީ: ޑރ. ބިލާލް ފިލިޕް

ޙައްޖުގައި ކޮންމެ އަހަރަކު ގިނަބައަކު މަރުވަނީ ﷲ އެންގެވި ގޮތްދޫކޮށް އަމިއްލަ ގޮތްތައް ނެރޭތީ: ޑރ. ބިލާލް ފިލިޕް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ކޮންމެ އަހަރަކު ތަފާތު ކަންކަން މެދުވެރިވެ ކޮންމެ އަހަރެއްގެ ހައްޖުގައި ގިނަ ބައަކު މަރުވެއެވެ. މަރުވަނީ ކީއްވެގެން ހެއްޔެވެ؟ އެންމެ ބޮޑު ސަބަބަކީ މާތް އަންގަވާފައިވާ ގޮތަށް އަމަލު ނުކުރުމެެވެ.

މާތްﷲ މީސްތަކުންނަށް އަންގަވާފައިވަނީ ދިރިއުޅުމުގެ ވަކި ކަންތައްތަކެއް ފުރިހަމަވުމުން ނުވަތަ ވަކި އުމުރަކަށް ދިއުމުން ޙައްޖުވުމަކަށް ނޫނެވެ. ޙައްޖުވުމުގެ ކުޅަދާނަކަން ލިބުމުން އަވަހަށް ޙައްޖުވުމަށެވެ. ނަމަވެސް އަޅުގަނޑުމެންނަށް ކަންތައް ކުރެވެެނީ އެގޮތަކަށް ނޫނެވެ.

"އަންހެން ދަރިފުޅުގެ ކައިވެނީގެ ކަންތައް ނިމެންެދެން ނުވަތަ އަދި މާ ޒުވާން ވީމާ އުމުރުން ދުވަސްވެލަންދެން އެބަ މަޑުކުރަމު. ޙައްޖަށް މިދަނީ ކުރަންހުރި ހުރިހާ ކަމެއް ކޮށް ނިމިގެން އެނެމް ފަހު ކަމެއްގެ ގޮތުގަ. އެގޮތަށް ދެވޭއިރުު ގައިގެ ބާރު ހުންނަނީ ދެރަވެފަ. މައްސަލަތައް ކުރިމަތިވަނީ އެހެންވެ. މީހުން ހައްޖުގައި މަރުވަނީ ސައުދިއަރަބިޔާގެ މައްސަލައަކުން ނޫން. އަހަރެމެންގެ އަމިއްލަ މައްސަލައަކުން."

ހައްޖު ހައްޖަކަށް ވާނީ ވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހައްޖުވެވަޑައިގެންނެވި ގޮތަށް ޙައްޖުވުމުންނެވެ. އެކަން އިތުރު މާތް ނަބިއްޔާ ވަނީ ހާމަކޮށް ދެއްވަވައިފައެވެ. ހައްޖު ހައްޖަކަށް ހެދުމަށްޓަކައި ތައްޔާރީތަކެއް ވާންޖެހެއެވެ. އަމަލުތައް ސީދާކޮށް އިޞްލާޙްކުރަންޖެހެއެވެ.

ނަމާދު ނަމާދަކަށްވާނީ ނަމާދުގައި މާތްﷲ އާއި ރޫޙީ ގޮތުން ގުޅިގެންނެވެ. އެއިގެ މާނައަކީ ނަމާދުގައި ކުރާ އަމަލުތަކާއި ކިޔާތަކެތީގެ އިތުރުން ކިޔާތަކެތި ހިތަށް ގެނެސް އެތަކެތިން ތިބާގެ ހިތް ފުރައިލުމެވެ.

ވިސްނާށެވެ. ނަމާދު ކުރުމުގެ ނަމުގައި ހަަރަކާތްތަކެއް ކުރި ނަމަވެސް އަދި ކިޔެވެލިތަކެއް ކިޔެވި ނަމަވެސް ނަމާދު ނަމާދަށް ނުވާނެކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވައިވަވައިފައެވެ. އެހެނީ ޙަދީޘްފުޅު ކުރައްވަވާފައިވަނީ "ނަމާދު ނަމާދަކަށް ވާނީ ތިމަންކަލޭގެފާނު މިކުރެއްވެވި ގޮތަށް ނަމާދުކުރުމުން" ކަމަށެވެ.

ގުޅުން ހުރި ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް