އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު މަރުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 41 ސިކުންތު

ފުވައްމުލަކު ސިޓީގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އުމުރުން 17 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ފުވައްމުލަކު މާލެގަން އަވަށު ފެންފިނޮޅުގޭ މުޙައްމަދު މުތީއު ކިޔާ ކުއްޖެކެވެ. އޭނާ އަކީ މިއަހަރު ގްރޭޑް 10 ނިންމި ކުއްޖެކެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެކްސިޑެންޓު ހިނގީ ފުވައްމުލަކު އެއާޕޯޓު ކައިރިން ދެ ސައިކަލު ޖެހިގެންނެވެ. ފުލުހުންނަށް މިއެކްސިޑެންޓުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 19:15 ހާއިރުއެވެ.

މިއެކްސިޑެންޓުގައި އިތުރު ދެ މީހަކު ޒަޚަމް ވެފައިވެއެވެ. އެއީ ފުވައްމުލަކު ދިގުވާޑު އަވަށު އަންބަރީ ޖިނާހު އަލީ އާއި ފުނާޑު އަވަށު ރަކްޝާ މިގުދާދު ހުސެއިން އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިދެމީހުންނަށް ފަރުވާ ދެމުންދަނީ ފުވައްމުލަކު ހޮސްޕިޓަލު އައިސީޔޫ ގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ