އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހާސްވުމުގެ ބަލި ހުންނަކަން އަންގައިދޭ ބައެއް ކަންކަން

ހާސްވުމުގެ ބަލި ހުންނަކަން އަންގައިދޭ ބައެއް ކަންކަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

ހާސްވުމުގެ ބައްޔަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރާ އަސަރެއްގެ ސަބަބުން ދިމާވާ ބައްޔެކެވެ. ނަމަވެސް ގިނަ މީހުންނަށް މިބައްޔާއި ބެހޭ ގޮތުން ފުރިހަމަ މައުލޫމާތު ލިބިފައެއް ނުވެއެވެ. އެހެންކަމުން މިބަލިން ރައްކާތެރިވާން ވެސް ގިނަ ފަހަރަށް ނޭނގެއެވެ.

އަހަރުމެން އިންސާނުންނަކީ ވަރަށް ގިނަ ކަންތައްތަކާއި ވިސްނާ ފިކުރުކޮށް ހާސްވާ ބައެކެވެ. ތިރީގައިވާ ކަންތައްތަކަކީ، ހާސްވުމުގެ ބަލި ހުންނަކަން އަންގައިދޭ ބައެއް ކަންތައްތަކެވެ. މިކަންކަމަށް ސަމާލުވެ ތިބުން ބުއްދިވެރިއެވެ.

- ކަންކަމާއި މާބޮޑަށް ވިސްނާ ފިކުރު ކުރުން

ބައެއް މީހުންނަކީ ކިތަންމެ ކުޑަކަމެއް ވިޔަސް އަދި ބޮޑު ކަމެއް ވިޔަސް އެކަންކަމާއި ވަރަށް ފުންކޮށް ވިސްނާ ފިކުރު ކުރާ ބައެކެވެ. މިކަމަކީ ތިމާ ނަފްސާނީ ގޮތުން ބަލިކަށި ކޮށްލުވާ، ސިއްޙަތައް ގެއްލުން ހުރި ކަމެކެވެ. އަދި މިކަމުގެ ސަބަބުން އަންގައިދެނީ ހާސްވުމުގެ ބަލި ތިމާގެ ހުރިކަމެވެ.

- ނިދުމުގެ މައްސަލަތައް

ބައެއް މީހުންނަށް ހީވާ ގޮތުގައި އެމީހުންނަކީ ކޮންމެ ހަފްތާއަކު ދުވާލެއްގެ މައްޗަށް 24 ގަޑީރު މަސައްކަތް ކުރެވޭނޭ ރޮބަޓުންނެވެ. ނަމަވެސް އެފަދަ މީހުންނަށް ހަނދާން ނެތޭ އެއްކަމަކީ، ރޮބަޓުންވެސް ޗާޖު ކުރަން ޖެހޭ ކަމެވެ. އެހެން ނޫންނަމަ އެއެއްޗެހި ރަނގަޅަށް މަސައްކަތެއް ނުކުރާނެއެވެ. ހަމައެފަދައިން އިންސާނުންނަކީ ހަމަ ނިދި ބޭނުންވާނެ ބައެކެވެ. ހަމަ ނިދި ނުލިބޭނަމަ، ހާސްވުމުގެ ބަލި ތަޙައްމަލު ކުރަން ޖެހެއެވެ.

- ކަންކަމާއި މާބޮޑަށް ބިރުގަރުން

އަނދިރިވުމުން ބިރު ގަތުން ނުވަތަ ތަނެއްގައި އެކަނި ހުންނަން ބިރު ގަތުން ފަދަ ކަންކަމަކީ ވެސް ހާސްވުމުގެ ބަލި ތިމާގެ ގައިގާ ހުރިކަމުގެ އަލާމާތެކެވެ.

- ސްޓޭޖް ފްރައިޓް

ބައެއް މީހުންނަކީ، ގިނަ މީހުންނާއި ކުރިމަތިލާން ބިރުގަނެ ޖެހިލުންވާ މީހުންނެވެ. މުސާލަކަށް ސްޓޭޖަކަށް އަރާފައި މީހުންނާއި ކުރިމަތިލާ ވާހަކަ ދައްކަން ޖެހިއްޖެނަމަ، ބިރުގަނެ، ތުރުތުރު އަޅާ، ރަނގަޅަށް އަޑު ބޭރު ނުވުމުގެ އަސްލަކީ އެމީހެއްގެ ގައިގާ ހާސްވުމުގެ ބަލި ހުރުމެވެ.

- އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވުން

ކަންކަމާއި ކުރިމަތިލުމުގެ ކުރިން ތިމާއަށް އެކަން ނުވާނެކަމަށް ހީވެ ނުވަތަ ކަމެއް ދިމާވުމުން ދެން އެކަމެއް ރަނގަޅު ނުކުރެވޭނެ ކަމަށް ހީކުރުމަކީ ތިމާގެ އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވުމެވެ. އަދި މިއީ ވެސް ތިމާގެ ގައިގާ ހާސްވުމުގެ ބަލި ހުރިކަމުގެ ނިޝާނެކެވެ.

ހާސްވުމުގެ ބަލިން ފަރުވާ ހޯދުމަށް، ތިމާއަށް އިތުބާރު ކުރެވޭ މީހަކަށް އަބަދުވެސް ތިމާއަށް ދިމާވާ ކަންކަމުގެ ވާހަކަ ދައްކާ ޚިޔާލު ހޯދުން މުހިންމެވެ. އަދި ތިމާ އުފާވާނެފަދަ ކަންތައްކޮށް، ކަންކަމާއިމެދު ރަނގަޅަށް ވިސްނުން ވެސް މުހިންމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ހަސަން 2017-11-21 17:05:58

އަހަރެން އަބަދުވެސްވިސްނަން<br /> ތިކަމެއްނޭގޭ


މަރިޔަމް ވަހީދާ