އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގެ އެންމެ ފަޤީރު ޤައުމުގެ މީހުންކޮޅުވެސް އެމެރިކާއިން ބޭރުކޮށްލަނީ

ދުނިޔޭގެ އެންމެ ފަޤީރު ޤައުމުގެ މީހުންކޮޅުވެސް އެމެރިކާއިން ބޭރުކޮށްލަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

2010 ވަނަ އަހަރު ހައިޓީ އަށް އައި ގަދަފަދަ ބިންހެލުމާއި ގުޅިގެން ސަލާމަތްވުމަށް އެމެރިކާއަށް އައިސް ތިބި ހައިޓީގެ 60،000 މީހުން އަނބުރާ ފޮނުވާލަން ޓްރަމްޕް ނިންމައިފިއެވެ.

އެމެރިކާގައި އަމަލުކުރަމުން އަންނަ ޒަމާނީ އުޞޫލުގައި އޮންނަ ގޮތުން ޤައުމުގެ ގިނަ ބައަކު ފޮނުވައިލުމަކީ އިންސާނިއްޔަތާއި ޚިލާފް ކަމެކެވެ. ނަމަވެސް އިންސާނުންނަށް އެއްވެސް ރަހުމެއް ނުހުންނަ ޓްރަމްޕް ނިންމާފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ކުރިން ހައިޓީގެ 60،000 ރައްޔިތުންނަށް އެމެރިކާއިން ބޭރުވާންޖެހޭނެ ކަމަށެވެ.

ހައިޓީއަކީ ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެތެރޭގައި ހިމެނޭ އެއް ޤައުމެވެ. ބޮލަކަށް ޖެހޭ ނިޞްބަތަކީ ދުވާލަކު އެންމެ 15 ރުފިޔާއެވެ. ބިންހެލުމާއި ގުޅިގެން 160،000 މީހުން މަރުވެފައިވާއިރު 3 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.

ޤައުމުގެ ފަޤީރުކަމާއިއެކު އަދިވެސް ކުރިމަތިވި ހާލަތުން އަރައިނުގަނެވިގެން އުޅޭއިރު ޓްރަމްޕް ބުނަނީ ހައިޓީގައި މިހާރު ދަތިކަމެއް ނެތް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް