އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ނަރަކައަށް އެންމެ ފުރަތަމަ ވަންނާނެ ތިން މީހުން"

"ނަރަކައަށް އެންމެ ފުރަތަމަ ވަންނާނެ ތިން މީހުން"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 33 ސިކުންތު

"ސަޙީޙް މުސްލިމް ގައާއި ތިރްމިދީގައި ބަޔާން ކޮށްފައިވެއެވެ. ހިސާބު ބައްލަވާ ދުވަހު ތިން މީހަކު ކުރިއަށް ގެންނަވާނެއެވެ.

އެކަކަކީ ދީނީ ޢިލްމުވެރި (އާލިމް) އެކެވެ. އަނެކަކަކީ ޞަދަޤާތް ކުރި މީހެކެވެ. އަދި ދެންހުރި މީހަކީ ޝަހީދުވި މީހެކެވެ.

އެންމެ ފުރަތަމަ ދީނީ ޢިލްމުވެރިޔާ ނުވަތަ އާލިމް އާއި އެކަލާނގެ ސުވާލު ކުރައްވާ ވަޙީ ކުރައްވަވާނެއެވެ.

"ތިމަންރަސްކަލާނގެ ތިޔަ ޢިލްމުވެރިޔާއަށް ޢިލްމު ދެއްވެވީމެވެ. އެޢިލްމުގެ ބޭނުން ކުރެއްވެވީ ކޮން ގޮތަކަށް ހެއްޔެވެ؟"

އެއާލިމް ޖަވާބު ދެއްވާނެއެވެ. "ޔާ ރައްބު އެވެ. ތިމަން އެޢިލުމް ބޭނުން ކުރެއްވެވީ އިބަ ރަސްކަލާނގެ އެންގެވި ގޮތް މީސްތަކުންނަށް އުނގަންނައި ދިނުމަށެވެ."
އެހިނދު އެކަލާނގެ ވަޙީ ކުރައްވަވާނެއެވެ. "ކަލޭ ތިހެދީ ދޮގެކެވެ."

މަލާއިކަތް ބޭކަލުންނަށް އެއަނޑުފުޅު އިވުމުން އެބޭކަލުން ވެސް ދަންނަވާނެތެވެ. "ކަލޭ ތިހެދީ ދޮގެކެވެ." އެއީ އެކަލާނގެ ވަޙީބަސްފުޅަކީ ޙައްޤު ވެގެންވާ ބަސްފުޅުކަން އެބޭކަލުންނަށް އެނގިލައްވަވާތީއެވެ.

"ހަމަކަށަވަރުން ކަލޭ މީސްތަކުންނަށް އެޢިލްމު އުނގަންނައި ދިނީ، އެމީސްތަކުންގެ ފަރާތުން ތަޢުރީފު ހޯއްދެވުމަށްޓަކައެވެ. މާ ޝާ ﷲ ތިއީ ކޮންފަދަ ޢިލްމުވެރި އާލިމެކޭ އެމީސްތަކުންލައްވާ ބުނުންވުމަށެވެ. އަދި ކުރީ ސަފުގައި ކަލޭ ބައިންދާ، އެހެންމީސްތަކުންނަށްވުރެ ކުރިން ކަލެއަށް ކާންދީ، ޝަރަފުވެރި ކުރުވާފައި ބެއިންދުމަށެވެ. ކަލެއަށް ލިބިފައިވަނީ ކަލޭ ހޯދަން މަސައްކަތް ކުރި އެއްޗެކެވެ."

ދެން ސުވާލު ކުރައްވަވާނީ ޞަދަޤާތް ދީއުޅުނު މީހާއާއި އެވެ. އެކަލާނގެ ވަޙީ ކުރައްވަވާ ސުވާލު ކުރައްވަވާނެއެވެ.

"ތިމަންރަސްކަލާނގެ ތިބާއަށް ދެއްވެވި މުއްސަނދި ކަމާއި ރިޒްޤުން ތިބާ ކުރެއްވެވީ ކޮންކަމެއްތޯއެވެ؟"

އެނާ ޖަވާބު ދެއްވާނެއެވެ. "ޔާ ރައްބު އެވެ. ތިމަން އަޅާ އެރިޒްޤު މީސްތަކުންނަށް ޞަދަޤާތުގެ ގޮތުގައި ބެއްސެވީމެވެ. ފަގީރުންނަށާއި، މިސްކީނުންނަށް އަދި ހުވަފަތްވެފައި ތިބި އަންހެނުންނަށާއި އެހީތެރިކަން ބޭނުންވެލައްވާފައި ތިބި އާއިލާތަކަށާއި މީސްތަކުންނަށް ކަންކަން އުނގަންނައިދެއްވާ މަޝްރޫއުތަކަށާއި ތަޢުލީމީ ކަންކަމަށާއި ކީރިތި ޤުރްޢާން ޕްރިންޓު ކުރެއްވުމަށް ވެސް ތިމަން އަޅާ އެރިޒްޤު ބައްސަވާ ޞަދަޤާތް ކުރެއްވީމެވެ"

މާތް ﷲ ވަޙީ ކުރައްވަވާ ސުވާލު ކުރައްވަވާނެއެވެ.

"ތިކަންތައްތައް ކުރީ ކީއްވެ ހެއްޔެވެ؟"

އެހިނދު އޭނާ ބުނާނެއެވެ. "އެއީ އިބަ އިލާހުގެ ރުއްސުން ހޯދެއްވުމަށެވެ"

މާތް ﷲ ވަޙީ ކުރައްވަވާނެއެވެ. "ކަލޭ ތިހަދަނީ ދޮގެވެ"

މަލާއިކަތް ބޭކަލުން ވެސް ދަންނަވާނެއެވެ. "ކަލޭ ތިހަދަނީ ދޮގެވެ"

"ކަލޭ އެރިޒްޤު ޞަދަޤާތް ކުރީ، ކަލެއަކީ މީސްތަކުންނަށް ޞަދަޤާތް ދޭ މީހެކޭ ބުނުއްވަންށެވެ. އެއީ ކަލޭ މަރުވުމަށްފަހު ވެސް، ކަލެއަކީ ދީލަތި، އެހީތެރިވީ މީހެއްކަމަށް މީސްތަކުން ހަނދުމަ ކުރުމުގެ ނިޔަތުގައެވެ. ކަލޭގެ ނިޔަތް އެފަދައިން އޮތުމުގެ ސަބަބުން، މީސްތަކުންނަށް ކަލޭ ދިން އެއްވެސް އެއްޗެއް (އޭގެ ސަވާބެއް) މިއަދަކު ކަލެއަކަށް ނެތެވެ"

ދެން އެކަލާނގެ ސުވާލު ކުރައްވަވާނީ ޝަހީދުވީ މީހާއާއިއެވެ. މިއީ އަމިއްލަ ޖާނު ޤުރުބާން ކޮށްލި މީހާއެވެ.

މާތް ﷲ ވަޙީ ކުރައްވަވާ ސުވާލު ކުރައްވަވާނެއެވެ.

"ތިމަން ރަސްކަލާނގެ ތިބާއަށް ދެއްވެވި ހަށިގަނޑަށް ހެއްދެވީ ކިހިނެއް ހެއްޔެވެ؟

އޭނާ ބުނާނެތެވެ. "އިބައިލާހުގެ މަގުގައި ތިމަން ހަނގުރާމަކޮށް، އިބައިލާހުގެ މަގުގައި ޝަހީދުވީއެވެ."

އެކަލާނގެ ވަޙީ ކުރައްވަވާނެއެވެ "ކަލޭ ތިހަދަނީ ދޮގެވެ"

މަލާއިކަތް ބޭކަލުން ވެސް އެހިނދު ބުނާނެއެވެ "ކަލޭ ތިހަދަނީ ދޮގެވެ"

"ކަލޭ ޝަހީދުވީ މީސްތަކުން ކަލޭއަކީ ބަޠަލެއް ކަމުގައި ދެކި، ކަލޭގެ ނަންމަތީގައި ބިނާތައް ތައްޔާރު ކުރުވުމަށެވެ. ކަލޭއަށް ލިބިފައިވަނީ ހޯދަން މަސައްކަތް ކުރި އެއްޗެކެވެ"

ރަސޫލާ (ޞޢޥ) އެއްދުވަހު އެކަލޭގެފާނުގެ އަސްޙާބު ބޭކަލެއް ކަމުގައި މުއާދް (ރަޟިއަﷲ އަންހު) އަށް ގޮވާލައްވާ ޙަދީޘްފުޅު ކުރެއްވިއެވެ. "ޔާ މުއާދް އެވެ. މި ތިން މީހުންނަކީ ނަރަކައަށް އެންމެ ފުރަތަމަ ވަންނާނެ ތިން މީހުންނެވެ. ނަރަކަ ވަންތަވެރިން ވަންނާނީ މި ތިން މީހުންގެ ފަހަތްޕުޅުންނެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Shau 2017-11-21 23:18:45

Subuhanallah


މަރިޔަމް ވަހީދާ