އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެރިކަމުން ބޭރުކޮށްލާނެކަން ޔަޤީންވުމުން މުގާބެ އިސްތިއުފާ ދީފި

ވެރިކަމުން ބޭރުކޮށްލާނެކަން ޔަޤީންވުމުން މުގާބެ އިސްތިއުފާ ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ޒިމްބާބުވޭގެ ވެރިކަމުން ބޭރުކޮށްލާނެކަން ޔަޤީންވުމުން ވެރިކަމުގައި ހުރި މުގާބެ މަޤާމުން އިސްތިއުފާދީފިއެވެ. މުގާބޫ ބުނީ އޭނާ އިސްތިއުފާ ދިނީ އަމިއްލަ އިޚްތިޔާރުގައި ކަމަށެވެ.

މަޖިލީހުގައި މުގާބާގެ ވެރިކަމުން ދުރުކުރުމުގެ ވޯޓު ނަގަން ތައްޔާރުވަމުން ދަނިކޮށް މަޖިލީހުގެ ރައީސް އިއުލާނުކުރީ މުގާބޭ މިހާރު އިސްތިއުފާ ދީފައިވާ ކަމަށެވެ. މުގާބޭ ވެރިކަމުން ދުރުކުރުމުގެ މަސައްކަތް މަޖިލީހުގައި ފެށީ މުގާބޭގެ އަމިއްލަ ޕާޓީން އެކަމަށް އިސްނެގުމުންނެވެ.

މުގާބޭ އިސްތިއުފާދިންކަން އެނގުމުން އެތައް ހާސް ރައްޔިތުން ގެންދަނީ މަޖިލިސް ބޭރުގައި އުފާ ފައުޅުކުރުމުގެ ހަރާކަތްތައް ހިންގައި އީދު ފާހަގަކުރަމުންނެވެ.

މުގާބޭ އަކީ އޭނާގެ ވެރިކަމުގައި އޭނާ އާއި ދެކޮޅަށް ބަހެއް ބުނެފިނަމަ އެމީހަކު ބަންދުކޮށް ބޮޑެތި އަދަބުތައް ދެމުން އައި މީހެކެވެ. އުމުރުން 93 އަހަރުގެ މުގާބޭގެ ކަރުބުޑުގައި އެކަންކަމުގެ ރަހަތައް ރަނގަޅަށް ނުލައި ނުދާނެކަމަށް ބެލެވެއެވެ. މުގާބެއަށް ކޮޅުކެހި ލިބުނީ އޭނާގެ އަނބިމީހާގެ ބަހަށް ހެއްލި ނައިބް ރައީސް މަޤާމުން ދުރުކުރުމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް