އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުމުރުން ނުވަ އަހަރުގެ ޒައުއްކޮ ނިޔާވެއްޖެ

އުމުރުން ނުވަ އަހަރުގެ ޒައުއްކޮ ނިޔާވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ހިތްވަރުގަދަ ކުއްޖެކެވެ. އެންމެންނާއިވެސް ގުޅޭ، އުފާވެރިކަމާއި ލޯބިން އެންމެންގެ ހިތްތައް ފުރާލި ކުއްޖެކެވެ.

ޒައުރާ މުޙައްމަދު ވާފިރު (ޒައުއްކޮ) އަކީ ހިތްވަރުގަދަކަމާއި ކެތްތެރިކަމުގެ ލާމަސީލު މިސާލެކެވެ.

އުފަންވީ ދުވަހުން ފެށިގެން ވެސް ހިތުގެ ބައްޔެއް ތަޙައްމަލު ކުރަމުން ދިޔަ ޒައުއްކޮ އަކީ، އޭނާގެ ވަށައިގެންވާހާ އެންމެންވެސް ވަރަށް ލޯބިވާ ކުއްޖެކެވެ.

ނަމަވެސް މިއަދު، ޒައުއްކޮ ވަނީ މިދުނިޔެއަށް އަލްވަދާއު ކިޔާފައެވެ. ޒައުއްކޮ ނިޔާވީ އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގައި ކާޑިއެކް އެރެސްޓެއް ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޒައުއްކޮއަކީ ވިލިމާލެ މުޙްޔިއްދީން ސްކޫލްގެ ގްރޭޑު 3 ގައި ތައުލީމު ހާސިލް ކުރަމުން ދިޔަ ދަރިވަރެކެވެ. ކިޔެވުމަށް ވަރަށް ލޯބިކުރި، އެކުވެރިންނާއި ހުރިހާ މުދައްރިސުން ވެސް ވަރަށް ލޯބިވާ ދަރިވަރެކެވެ.

އުފަންވީ ދުވަހު ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ޒައުއްކޮ ބެލުމަށްފަހު ވިދާޅުވީ ޒައުއްކޮގެ ހިތުގެ ވިންދާއެކު އާދަޔާ ޚިލަފު އަޑެއް ކިޔާކަމުގެ ހިތާމަވެރި ޚަބަރެވެ. އިތުރަށް ބެލިބެލުމުން އެނގުނީ ޒައުއްކޮގެ ހިތުގައި ލޯވަޅެއް އުފެދިފައިވާ ކަމަށެވެ. މީގެ އިތުރުން ވިދާޅުވީ ޒައުއްކޮ ހައިޕޯ ޕްލަސްޓިކް ލެފްޓް ހާރޓް ސީންޑްރޯމް (އެޗްޕީއެލްއެޗްއެސް) ތަޙައްމަލު ކުރަމުން ގެންދިޔަ ކަމަށެވެ.

މާތް ރަސްކަލާނގެ ޒައުއްކޮގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން

Advertisement

ކޮމެންޓް ކުރެއްވުމަށް







Nasifa 2017-11-22 00:30:17

Zaukko ge furaana ah heyo rahumai lavvaa aailaa ah kehtheri kan dhevvaashi AAMEEN

ތަޖުރިބާ 2017-11-22 07:32:27

ތިލޯބި ލޯބި މައުސޫމް ކުއްޖާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. ތިއަމްރިތާ ހޮސްޕިޓަލަށް ގެންދަން ހެޔޮނުވާނެ. ތިތަނުން އާސަންދަ ދޭތީ ތިބެން ފަސޭހަވީމާ ދިވެހިން ދަނީ. ތިތަނުގެ ހަގީގަތް އެނގޭމީހަކު ތިތަނަށް ނުވަންނާނެ.

Rishfa 2017-11-22 09:10:41

Inaa lihlaahi va ihnaa ilaihi raajioon..zaukko ge furaana yah Allah heyo rahumai lahvaan dheyve aameen

މާސް 2017-11-22 09:13:30

އަޅެ ކިހާދެރަ ރާއްޖޭގަވެސް ޅައުމުރުގަ ކުދިން މަރުވާން ފެށުނީތާ


މަރިޔަމް ވަހީދާ