އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސެވިއްޔާ އިން ލިވަޕޫލް މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ސެވިއްޔާ އިން ލިވަޕޫލް މޮޅުވިޔަ ނުދީ ހިފަހައްޓައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސެވިއްޔާއާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭ ލިވަޕޫލް އަދި ސެވިއްޔާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނީ 3-3ގެ ނަތީޖާއިންނެވެ.

މި ނަތީޖާއާ އެކު ވެސް ގްރޫޕް އީގެ އެއްވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ލިވަލޫލްއެވެ. ދެވަނައިގައި އަށް ޕޮއިންޓާ އެކު ސެވިއްޔާ އޮތްއިރު ގްރޫޕްގެ ތިންވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ސްޕާޓަކް މޮސްކޯއެވެ. އަދި ގްރޫޕްގެ ފުލުގައި ދެ ޕޮއިންޓާ އެކު އޮތީ މަރިބޯއެވެ.

ސެވިއްޔާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ލަނޑު ޖަގާ ލީޑު ނަގާފައިވަނީ ލިވަޕޫލުންނެވެ. މެޗުގެ ދެވަނަ މިނެޓްގައި މި ލަނޑު ލިވަޕޫލަށް ކާމިޔާބު ކޮށްދިނީ ރޮބާޓޯ ފަމީނޯއެވެ. ލިވަޕޫލުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 22 ވަނަ މިނެޓްގައި ސަޑިއޯ މާނޭ އެވެ.

މާނޭ މި ގޯލު ކާމިޔާބުކުރިތާ ިއިރުކޮޅެއްފަހުން ފަމީނޯ ވަނީ ލިވަޕޫލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ތިން ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ލިވަޕޫލް އިން ނިންމާލި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ބެން ޔެޑާ ވަނީ ސެވިއްޔާ އަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗުގެ 60 ވަނަ މިނެޓްގައި ސެވިއްޔާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދީ އެޓީމުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ބެން ޔެޑާއެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފްގައި ސެވިއްޔާ އިން ކުޅުން ރަނގަޅު ކުރިއިރު އެޓީމުން ދިޔައީ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ ފަހު ވަގުތުކޮޅު ތެރޭ ގުއިޑޯ ޕިޒާރޯ ވަނީ ސެވިއްޔާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ ނަތީޖާ އެއްވަރުކޮށްދިނީފައެވެ.

ރޭގެ މެޗު އެއްވަރުވިއިރު މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް ލިވަޕޫލް އަށް މިހާރު ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ގްރޫޕްގެ ފަހު މެޗުގައި ލިވަޕޫލް ބައްދަލުކުރާނީ ސްޕާޓަކް މޮސްކޯއާ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް