އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގެރިގާޑިޔަލަކީ މީހަކު ފައިބާހުރެ ދަމަންޖެހޭ އެއްޗެއްތަ؟

ގެރިގާޑިޔަލަކީ މީހަކު ފައިބާހުރެ ދަމަންޖެހޭ އެއްޗެއްތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު


ގެރި ގާޑިޔަލަކީ ގެރި ނުވަތަ އެނޫންވެސް ޖަނަވާރެއް ލައްވ ދަމާ އެއްޗެކެވެ. ގާޑިޔަލުގެ ފަހަތު ބައިގައި މީހުންވެސް ތިބެއެވެ. މުދާ އުފުލަންވެސް ބޭނުންކުރެއެވެ.

އެހެންކަމަށްވާއިރު ގެރިގާޑިޔަލެއްގައި އުމަރުގެފާނު ފަލަސްޠީނަށް ވަޑައިގެންނެވި ކަމަށް ބުނާއިރު އެ ގާޑިޔާ ދަމަން މީހަކު ހުރި ކަމަށް ބުނުމަކީ ކޮން ގޮތަކުން ޤަބޫލުކުރެވޭ ކަމެއްބާވައެވެ!
ޢުމަރުގެފާނު ފަލަސްޠީނަށް ވަޑައިގަތީ ޖަމަލު ފަދަ ޖަނަވާރެއްގައި ކަމަށް ވެދާނެއެވެ. އެހެން އެކަން ވެފައިވާނަމަ އެކަކު ފައިބާ ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ގެރި ގާޑިޔަލެއް ދަމަން މީހަކު ފައިބާ ހުރިނަމަ އެމީހަކަށް ޖެހޭނީ ގެރިވެސް ދަމާށެވެ.

ރައްޔިތުންގެ މަޖިލީހުގައި ނަމަވެސް މިބާވަތުގެ ދެކޮޅު ނުޖެހޭ ވާހަކަތައް ދެއްކުން ހުއްޓުވަން އެބަޖެހެއެވެ. އިސްލާމީ ސިޔަރަތު އޮޅުވާލައި އުމަރުގެފާނު ފަދަ ޚަލީފާއިން އިންސާނުން ބުއްދި ޤަބޫލުނުކުރާ ކަންކަން ކުރެއްވެވި ކަމަށް ބުނެ މެންބަރަކު ވާހަކަ ދައްކާނަމަ އެކަން ހުއްޓުވަންވެސް އެބަޖެހެއެވެ.

ރައްޔިތުންގެ މަޖިލީހަކީ އިސްލާމް ދީނުގެ ޚަލީފާ އިންގެ ސިޔަރަތު އޮލުވައިލާ ތަނަކަށް ވަމުން ދާނަމަ މިކަމުގެ ސަބަބުން ބޮޑެތި މައްސަލަތައް މުޖުތަމައުއަށް ދާނީ ކުރިމަތިވަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް