އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެވިޑް ކޮލެޖުގެ 2 ކޯހެއް ލަންކާގެ ކޮލެޖެއްގައި ހިންގަނީ..

އެވިޑް ކޮލެޖުގެ 2 ކޯހެއް ލަންކާގެ ކޮލެޖެއްގައި ހިންގަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު



އެވިޑް ކޮލެޖުގެ ދެ ކޯހެއް އަވަށްޓެރި ސްރީލަންކާގައި ހިންގުމަށް އެ ޤައުމުގެ ކޮލެޖަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެވިޑް ކޮލެޖުން ބުނެފިއެވެ.

އެ ކޮލެޖުން ބުނީ ލަންކާގެ ކޮލެޖަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ އެ ކޮލެޖުން އެންމެ ފުރަތަމަތަޢާރަފު ކުރި މާސްޓަރސް އޮޕް ޓީޗިންގ (ޕްރައިމަރީ) އާއި މާސްޓަރސް އޮފްޓީޗިންގ (ސެކަންޑަރީ) ކަމަށެވެ.

އެވިޑް ކޮލެޖުން މިއީ ރާއްޖެއަށް ރީތި ނަމެއް ލިބިގެން ދާނެ ކަމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ކޯހެއް ބޭރު ދުނިޔޭގައި ބަލައިގަނެ ބޭރުދުނިޔެއާ އެއް ފެންވަރެއްގައި ހިންގިދާނެކަން އަންގައިދޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެ ކޮލެޖުން ބުނީ އެ ދެ މޮޑިއުލް ކިޔަވާ ދެއްވާނީ މެލޭޝިޔާގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ނަރޭޝް ކުމާރުކަމަށެވެ.
މިހާރު އެވިޑް ކޮލެޖްގައި އެޑިޔުކޭޝަންގެ ދާއިރާއިން މާސްޓަރސްއޮފް ޓީޗިންގ އާއި މާސްޓަރސް އޮފް އެޑިޔުކޭޝަނަލް ލީޑަރޝިޕް އެންޑްމެނޭޖްމަންޓް ކޯސް އަންނަނީ ހިންގަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް