އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމަށް ފައިދާހުރި ކަންކަން ނުކުރާ ސިޔާސީ ޕާޓީތަކަށް ފައިސާ ނުދިނުމަށް ޢާމިރު ގޮވާލައްވައިފި

ޤައުމަށް ފައިދާހުރި ކަންކަން ނުކުރާ ސިޔާސީ ޕާޓީތަކަށް ފައިސާ ނުދިނުމަށް ޢާމިރު ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު


ޤައުމަށް ފައިދާހުރި ކަންކަން ނުކުރާ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުދިނުމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު ޢާމިރު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޢާމިރު ވިދާޅުވީ އަންނަ އަަހަރުގެ ބަޖެޓަކީ ވަަރށް ބޮޑު ބަޖެޓަކަށްވާއިރު ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާ ވެސް އިތރުވެގެންދާނެ ކަމަށެވެ. އެހެން ނަަމަވެސް ޤައުމަށް ފައިދާ ހުރި ކަންކަން ނުކުރާ ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގެ ބަދަލުގައި ޤައުމަށް ފައިދާހުރި މަސައްކަތްތައް ކުރާ މަދަނީ ޖަމިއްޔާތަކަށް ފައިސާ ދިނުން މާ ރަނގަޅުވާނެ ކަމަށެވެ.

އިދިކޮޅު މެންބަރުން މިއަދުގެ ޖަލްށާގައި ބައިވެރިނުވާތީ އެކަންވެސް ޢާމިރު ވަނީ ކުށްވެރި ކުރައްވައިފައެވެ. ޢާމިރު ވިދާޅުވީ ބަޖެޓަށް ވޯޓު ނުދިނުން ހުއްދަކުރާ އެއްވެސް އުޞޫލެއް ނުވަތަ މާއްދާއެއް ޤާނޫނުގައި ނެތް ކަމަށެވެ.
މަޖިލީހުގައި ދެކެވޭ މިފަދަ ބައެއް ވާހަކަތަކުގައި ވަނީ އަމަލީ ސިފަ ޖެހިފައިކަން ފާހަގަކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް