އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

39 މެންބަރުންގެ އިއްތިފާގުން އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފި

39 މެންބަރުންގެ އިއްތިފާގުން އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 39 މެންބަރުންގެ އިއްތިފާޤުން އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށަހެޅި ބަޖެޓު ފާސްކޮށްފިއެވެ.

މިއަދުގެ ޖަލްސާގައި ބަޖެޓަށް ވާހަކަ ދެއްކި ބައެއް މެންބަރުން ބުނީ ބައެއް ރަށްރަށުގައި ހިންގާނެ މަޝްރޫއުތައް މިބަޖެޓުގައި ނެތް ނަމަވެސް ރާއްޖޭގެ ހުރިހާ ރަށްރަށުގައިވެސް އަންނަ އަަހަރު މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށެވެ.

މިސަރުކާރުގެ ފަސް އަަހަރު ނިމޭއިރު ރައްޔިތުން ބޭނުންވެގެން ތިބި ގިނަ ކަންތައްތަކެއް ފުއްދައި ދެވޭނެ ކަމަށާއި 2 ވަނަ ދައުރު ނިމިގެންދާއިރު ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުން ބޭނުންވެގެން ތިބި ކަންތައްތައް ފުއްދައިދެވޭނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިއެއް ނުވެއެވެ. އިދިކޮޅު ފަރާތްތަކުން ކުރިން ފެށިގެން ބުނަމުން އައީ މި ބަޖެޓަކީ ޤައުމަށް އެއްވެސް ފައިދާއެއް ކުރާނެ ބަޖެޓެއް ނޫން ކަމަށާއި ޤައުމުގެ ދަރަނި އިންތިހާއަށް ބޮޑުކުރާނެ ބަޖެޓެއް ކަމަށެވެ.

އިދިކޮޅު މެންބަރުން ފާހަގަކޮށްފައިވަނީ އެ މެންބަރުންގެ ދާއިރާތަކަށް ބަޖެޓުގައި އެއްވެސް ސަމާލުކަމެއް ދީފައިނުވާ ކަމަށެވެ. އެހެންކަމުން ބަޖެޓަށް ވޯޓުދޭން ޖެހެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް