އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝަރޫ ލޯންޗް ސަރވިސް ހެދި މަކަރުތަކުގައި މޮރިޝަސްގެ ބައިވެރިވުން އޮތްކަން ހާމަވެއްޖެ

ޝަރޫ ލޯންޗް ސަރވިސް ހެދި މަކަރުތަކުގައި މޮރިޝަސްގެ ބައިވެރިވުން އޮތްކަން ހާމަވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު


ސްޓެލްކޯ އަށާއި ފެނަކަ ކޯޕޮރޭޝަނަށް މަކަރު ހަދައި 20 މިލިއަން ރުފިޔާ ދައްކަންޖހިފައިވާ ޝަރޫ ލޯންޗް ސަރވިސް އިން ކުރި ހީލަތްތެރި މުޢާމަލާތުތަކުގައި ރާއްޖޭގައި ހިންގާ މޮރިޝަސް ކޮމަރޝަލް ބޭންކުގެ ބައިވެރިވުންކަން ސިވިލް ކޯޓުން ކުރި ޙުކުމަކުން ސާފުވެއްޖެއެވެ.

ޑޮލަރު ދޭނެ ކަމަށް ބުނެ ޝަރޫ ލޯންޗް ސަރވިސް އިން ދެ ފަރާތަކަށް ދޫކުރި 250،000 ޑޮލަރުގެ ޗެކުތަކުގެ މައްސަަލަ ސިވިލް ކޯޓުން ނިންމި އިރު ފައިސާ ދައްކަން އަންގާފައިވަނީ ޝަރޫ ލޯންޗް ސަރވިސް އަށާއި މޮރިޝަސް ބޭންކަށެވެ.

ސިވިލް ކޯޓުން މިފަދަ ހުކުމެއް ކުރީ ޗެކުތަކުގައި ޖަހާފައިވާ ގަރަންޓީ ތައްގަނޑަކީ އެ ބޭންކުގެ ތައްގަނޑުކަން ފުލުހުންގެ ތަހްލީލުތަކުން ސާބިތުވާތީއެެވެ.

މޮރިޝަސް ބޭންކުގެ މިފަަދަ ކަންކަމުގެ ސަބަބުން ބޭންކުތަކަށް ރާއްޖޭގައި ކުރަމުން އައި އިތުބާރާއިމެދު މިހާރުވަނީ މައްސަލަތައް ކުރިމަތިވެފައެވެ. ބައެއް ކުންފުނިތަކުން ބޭންކް ގަރަންޓީ ބަލައިގަންނަން އެއްބަސްވަނީ ބޭންކް މެނޭޖަރުގެ ފިންގަރ ޕްރިންޓް ޖެހުމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް