އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖެންޑަރ މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި ނިލަންދޫއަށް ވަޑައިގެންފި

ޖެންޑަރ މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި ނިލަންދޫއަށް ވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ރަސްމީ ދަތުރުފުޅެއްގައި ފ. ނިލަންދޫއަށް ވަޑައިގެންފިއެވެ.

އެކަމަނާ އެރަށަށް ވަޑައިގެންނެވީ އިއްޔެއެވެ.

މި ދަތުރުފުޅުގައި އެރަށުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތަކާއި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ސެންޓަރުގެ މުވައްޒަފުންނާ ވާހަކަދެއްކެވިއެވެ.

މީގެ އިތުރުން ފ.އަތޮޅު ކައުންސިލާއި ހެލްތު ސެންޓަރާއި ޕޮލިސް ސްޓޭޝަން އަދި ނިލަންދޫ ކައުންސިލްގެ މެންބަރުންނާވެސް ބައްދަލުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރައްވައި، މިނިސްޓްރީއާއި އެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވޭނެ ހަރަކާތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އެކަމަނާގެ މި ދަތުރުފުޅުގައި ނިލަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ކޮމިޓީގެ މަސައްކަތްތައް އޮޅުންފިލުއްވައި، ކުރިއަށް ރާވާފައިވާ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް