އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާގެ ސީއެސްއީސީ އާއި ހަވާލުކުރީ މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ނޫން، 25 ބުރީގެ 16 ޓަވަރު އަޅަން: އެޗްޑީސީ

ޗައިނާގެ ސީއެސްއީސީ އާއި ހަވާލުކުރީ މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ނޫން، 25 ބުރީގެ 16 ޓަވަރު އަޅަން: އެޗްޑީސީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ޗައިނާ ސްޓޭޓް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އާޙަވާލުކޮށްފައިވާނީ 25 ބުރީގެ 16 ޓަވަރު އަޅަން ކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހެން ބުނީ ހުޅުމާލޭގައި 80،000 މީހުންނަށް ފްލެޓް ޢިމާރާތް ކުރުމަށް އިޢުލާންކޮށްފައިވާ މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ޗައިނާ ސަރުކާރު ހިއްސާވާ އެ ކުންފުންޏާ ހަވާލުކޮށްފައިވާކަމަށް އަޑުތައް ފެތުރިފައިވަނިކޮށެވެ.

އެޗްޑީސީ އިން ބުނީ ޗައިނާ ސްޓޭޓްއާ ހަވާލުކުރީ މި މަޝްރޫއުގައި ފުރަތަމަ އިޢުލާންކުރި7,000ފްލެޓް (25 ބުރީގެ 16 ޓަވަރު) އަޅަން ކަމަށެވެ. އަދި މި ފްލެޓްތައްއެޅުމުގެ ބައެއް މަސައްކަތްތައް އެ ކުންފުނިން މިހާރު ފަށާފައިވާ ކަމަށެވެ.

މި ފްލެޓްތައް އަޅަން ޗައިނާގެއިންޑަސްޓްރިއަލް އެންޑް ކޮމަރޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) އިންލޯނު ދީފައިވާ ކަމަށާއި އެ ބޭންކުން ލޯނު ދިނީ ހަތަރު ޕަސެންޓަށް ވުރެ ކުޑައިންޓަރެސްޓެއްގައި 15 އަހަރުން އަނބުރާ ދައްކާ ގޮތަށް ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.

އެހެންނަމަވެސް ލޯނުގެ ޢަދަދެއް ހާމައެއް ނުކުރެއެވެ.

ސޯޝަލް ހައުސިންގ އަށް އަމާޒުކޮށްފައިވާ 7،000 ފްލެޓް އަޅަނީ ދެ ކޮޓަރި އާއި ދެ ފާޚާނާ ހިމެނޭ ގޮތަށް 550 އަކަފޫޓުގެ އެޕާޓްމަންޓެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ގޮތުގައި 240ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި އެ ތަނުގައި 15،000 ފްލެޓް އަޅަންސަރުކާރުން ނިންމާފައިވާ އިރު، މި ހައުސިންގ ޔުނިޓްތައް 2019 ގެތެރޭގައި ނިމޭނެ ކަމުގެ ޔަޤީންކަން ރައީސް ޔާމީން ވަނީ ދެއްވާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Haalugedhulun 2017-11-22 20:08:04

Rasees yaameenattakaa mi dhivehi Qaumu Fakhuruveri vaanjehey thiyaee varugadha Economisteh fahathah nuballava<br /> kuriyah vadaigannavaa Qaanoonuge machchah nama ekakuves eriyanudhevvaa


މުހައްމަދު އަފްރާޙް