އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަރުމަން އަންހެނެއްގެ އަތުން ދިވެހި ފިރިހެނަކު އަތުލި ފައިސާ އަނބުރާ ދައްކަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

ޖަރުމަން އަންހެނެއްގެ އަތުން ދިވެހި ފިރިހެނަކު އަތުލި ފައިސާ އަނބުރާ ދައްކަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ޖަރުމަން އަންހެނެއްގެ އަތުން ދިވެހި ފިރިހެނަކު އަތުލި ފައިސާ އަނބުރާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ.

މާރިއޯ ނަމަކަށް ކިޔާ ޖަރުމަންގެ އަންހެން މީހާ ދައުވާކޮށްފައިވަނީ އޭނާއާ ކައިވެރިކުރާނެކަމަށްބުނެ ދިވެހި ފިރިހެން މީހާ އަތުލާފައިވާ 9،400 ޔޫރޯ (170،000 ރުފިޔާ) ހޯދުމަށެވެ.

ސ. ހިތަދު އަށް ނިސްބަތްވާ އެ މީހާގެ މައްޗަށްސިވިލް ކޯޓުން 2015 ގައި ކުރި ހުކުމް މިދިޔަ ހޯމަ ދުވަހު ހައި ކޯޓުންދެމެހެއްޓީ އޭނާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ.

ދިވެހި ފިރިހެން މީހާގެ ފަރާތުން ބުނެފައިވަނީ އެ ފައިސާއަކީ އޭނާ އާއި މާރިއޯންއާ ދެމެދުއޮތް ރަހުމަތްތެރިކަމުގެ ސަބަބުން ހަދިޔާއެއްގެ ގޮތުން މާރިއޯން ދިންފައިސާއެއް ކަމަށާއި އެއީ ކައިވެނި ކުރާނެ ކަމަށް ބުނެ އޮޅުވާލައިގެން ހޯދިފައިސާއެއް ނޫން ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ އެ ފައިސާ ލިބުނުކަމަށް ދިވެހި މީހާ އެއްބަސްވާ ކަމަށެވެ. އަދި އެ ފައިސާ އެ މީހާ އަށްޓްރާންސްފާ ކުރި ކަމުގެ ހެކި މާރިއޯންގެ ފަރާތުން ހުށަހަޅާފައިވާތީ އެފައިސާ ދިންކަން ސާބިތުވާ ކަމަށެވެ.

އެކަމަކު އެ ފައިސާއަކީ ހަދިޔާއެއްގެގޮތުން މާރިއޯން ދިން ފައިސާއެއް ކަން ސާބިތު ކޮށްދެވޭ ހެއްކެއް ދިވެހިމީހާ އަށް ނުދެއްކޭ ކަމަށް އެ ހުކުމުގައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް