އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖީދީ މަގު ހެދުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށް، ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި މަސައްކަތް ނިންމާލެވޭނެ

މަޖީދީ މަގު ހެދުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށް، ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި މަސައްކަތް ނިންމާލެވޭނެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

މަޖީދީ މަގު ހެދުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

މި އަހަރު ކުރީކޮޅު ފެށި މި މަޝްރޫޢު ކުރިއަށް ގެންދަނީ ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އެއީ މަޖީދީ މަގަކީ އެންމެކާރޫބާރޫބޮޑު މަގަށްވާތީއެވެ.

އެގޮތުން މާފަންނު ރަސްފަންނު ސަރަހައްދުން ފެށި މި މަޝްރޫޢު ރޯދަމަހަށް މެދުކަނޑާލީ ގަލޮޅު ސްޓޭޑިއަމްގެ މެދަކާއި ހަމައަށް މަސައްކަތް ގެންދިއުމަށްފަހުއެވެ. އަދި މިހާރު ކުރިއަށްދަނީ އާޓިފިޝަލް ބީޗުކައިރީގައި ހުންނަ ޝަވަރުމާ ރެސްޓޯރެންޓުން ފެށިގެން މަޖީދީ މަގު އިރުމަތީކޮޅަށެވެ.

މަޖީދީ މަގު ހެދުމުގެ މި މަޝްރޫޢުގައި ކުރިން އަތުރާފައިހުރި ގާތައް ނަގައި އައު ގާ އަތުރާ. ފެން ހިންދާ ނިޒާމް ބަދަލުކޮށް، ދުވާރު ހަދައެވެ.

މިއީ އަލުން ހަދަން ކަނޑައަޅާފައިވާ 13 މަގުގެ ތެރެއިން ފުރަތަމަ މަގެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ޙައްވާ މުޙައްމަދު