އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ކޯ ސްޕޮންސަރ ޕްލަސްއަކަށް މި އަހަރުވެސް ވިލާ ކޮލެޖު

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ކޯ ސްޕޮންސަރ ޕްލަސްއަކަށް މި އަހަރުވެސް ވިލާ ކޮލެޖު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ކޯ ސްޕޮންސަރ ޕްލަސްއަކަށް މި އަހަރުވެސް ވިލާ ކޮލެޖު ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ރާއްޖޭގައި ބާއްވާ އިންޓަރނޭޝަނަލް ރިއަލިޓީ ޝޯ "މޯލްޑިވިއަން އައިޑަލް"ގެތިންވަނަ ސީޒަންގެ ކޯ ސްޕޮންސަރ ޕްލަސް އަކަށް ވިލާ ކޮލެޖް ހަމަޖައްސާއެއްބަސްވުމުގައި ޕީއެސްއެމްގެފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިކްރާމް ޢަބްދުލްލަތީފެވެ. ވިލާ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ އިސް ރެކްޓަރު ޑރ.ޢަލީނަޖީބެވެ.

ވިލާ ކޮލެޖަކީ ފާއިތުވި ދެ ސީޒަންގައިވެސް ކޯ ސްޕޮންސަރ ޕްލަސްއެވެ.

މިއަހަރުގެ ޓައިޓަލްސްޕޮންސަރއަކަށް ދިރާގު ހަމަޖައްސާފައިވާ އިރު، މެއިން ސްޕޮންސަރަކީއެލައިޑެވެ. އަދި ޓްރެވެލިންގ ޕާޓްނަރ ނުވަރަތަ ދަތުރުފަތުރުގެ ސްޕޮންސަރއަކަށް ހަމަޖެއްސީ އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަން އެވެ.

އައިޑަލްގެއޮޑިޝަންތައް މި އަހަރު ބާއްވަނީ މާލެ، ރ. އުނގޫފާރު އަދި އައްޑޫސިޓީ ހިތަދޫގައެވެ.އައިޑަލްގައިބައިވެރިވުމަށް އެސްއެމްއެސް ކުރުމުގެ ފުރުޞަތު ޢުމުރުން 16 އަހަރާ 30އަހަރާ ދެމެދުގެ ދިވެހިންނަށް ވަނީ ހުޅުވާލާފައެވެ.

މިފަހަރުގެ ސީޒަންގައި ފަނޑިޔާރުންގެ ޕެނަލްގައި ސީޒަން އެކެއް އަދި ދޭއްގައިވެސްފަނޑިޔާރުކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ) އާއި ސީޒަން އެކެއްގެ ޖަޖުއަހުމަދު އިބްރާހިމް (އައްމަޑޭ) އާއި ސީޒަން ދޭއްގައި ފަނޑިޔާރުކަންކުރި އިސްމާއިލް އައްފާން ހިމެނޭ އިރު މިއަހަރު 4 ވަނަ ޖަޖެއްވެސް ވަނީ ހިމަނާފައެވެ. އެއީ ޒާރާމުޖުތަބާ އެވެ.

މި ސީޒަންގައި ހޯސްޓުންގެ ގޮތުގައިފެނިގެންދާނީ މޫސާވަސީމާއި މުޅިން އަލަށް ތަޢާރަފްވާ ދިވެހި އެފްއެމްގެ އާރްޖޭ ޝައިނާޝަރީފެވެ.

މޯލްޑިވިއަންއައިޑަލްގެ ފުރަތަމަ ސީޒަންގެ އެއްވަނަ ލައިޝާ ޖުނައިދު ހޯދި އިރު، ދެވަނަ ސީޒަން ގެންދިޔައީ މުހައްމަދު ތަސްނީމް (ބޮބް) އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް