އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޞިއްޙީ ޚިދުމަތް ފުރިހަމައަށް ދިނުމަށް ޖާގަ އާއި ތަމްރީނު ބޭނުން: ޑރ. އަސީލް

ޞިއްޙީ ޚިދުމަތް ފުރިހަމައަށް ދިނުމަށް ޖާގަ އާއި ތަމްރީނު ބޭނުން: ޑރ. އަސީލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

އައިޖީއެމްއެޗްގައި ދެވޭ ޞިއްޙީ ޚިދުމަތް ފުރިހަމައަށް ދިނުމަށްޓަކައި ޖާގަ އާއި ތަމްރީނު ބޭނުންވާކަމަށް ޑރ. އަސީލް ވިދާޅުވެއްޖެއެވެ.

ދުވަސް ނުފުރާ އުފަންވާކުދިންގެ ދުވަސް ފާހަގަކުރުމަށް މިއަދު މެންދުރު އައިޖީއެމްއެޗްގައި ބޭއްވި ބައްދަލުވުމުގައި ޑރ. އަސީލް ވިދާޅުވީ އައިޖީއެމްއެޗްގައި އުފަންވާ ކުދިންގެ ޞިއްޙަތަށްޓަކައި ރައްކާތެރިކަމުގެ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. މުވައްޒިފުން މަދުވުމާއި ހުރި އެހެން މައްސަލަތަކާއިއެކުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި ކާމިޔާބީތަކެއްވެސް ހާޞިލުވަމުން އަންނަ ކަމަށެވެ.

ޑރ. އަސީލް ވަނީ ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހުރި މާލީ ދަތިތައްވެސް ބޮޑުކަން ފާހަގަ ކުރައްވައިފައެވެ. ޑރ. އަސީލް ވިދާޅުވީ ކަންކަން ތަރައްޤީކުރެވޭނީ މީހުންނަށް ބޭނުންވާ ތަމްރީނުތައް ދީގެން ކަމަށާއި އެކަމަށް އެހީދޭ ޖަމާއަތްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. 25 ބުރީގެ އިމާރާތުން ޖާގަ ނުލިބޭނެނަމަ އެހެން ގޮތަކުން ނަމަވެސް ކަންކަން ކުރެވޭނެ ޖާގަ ހަމަޖައްސައިދިނުމަށް ވެސް ޑރ. އަސީލް ވަނީ އެދިވަޑައިގެންފައެވެ.

ދުވަސް ނުފުރާ ވިހާ ކުދިން ކަމަށް ބަލަނީ 37 ހަފްތާ ފުރިހަމަ ނުވެ އުފަންވާ ކުދިންނެވެ. ދިރާސާތަކުން އެނގޭ ގޮތުގައި އުފަންވާ ކުދިންގެ ތެރެއިން 8- 10 އިންސައްތަ ކުދިން އުފަންވަނީ ދުވަސް ނުފުރައެވެ.

ރާއްޖޭގައި ވެސް މިމައްސަލަ އެބައޮތެވެ. އައިޖީއެމްއެޗްގައި ކުރި ސަރވޭއަކުން އެނގުނު ގޮތުގައި ދެބައިކުޅައެއްބައަށްވުރެ ގިނަ މީހުންނަށް މިކަމުގެ ހުރި ނުރައްކާތެރިކަން ނުއެނގެއެވެ. އައިޖީއެމްއެޗްގައި އުފަންވާ ކުދިންގެތެރެއިން 8 އިންސައްތައަށްވުރެ ގިނަ ކުދިންނަކީ ދުވަސް ނުފުރާ ވިހާ ކުދިންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް