އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެންނަމުން މިދަނީ ޚިދުމަތް ދިނުމަށް ގެނެވުނު ބޮޑު ބަދަލު: ހެލްތް މިނިސްޓަރ

ފެންނަމުން މިދަނީ ޚިދުމަތް ދިނުމަށް ގެނެވުނު ބޮޑު ބަދަލު: ހެލްތް މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ރާއްޖޭގެ ޞިއްޙީ ދާއިރާއިން މިއަދު ފެންނަމުން މިދަނީ ޚިދުމަތް ދިނުމަށް މިސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކުގެ ނަތީޖާ ކަމަށް ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަސް ފާހަގަކުރުމަށް އައިޖީއެމްއެޗްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ އައިޖީއެމްއެޗަށް ބެލި ނަމަވެސް ޚިދުމަތް ދޭން ތިބީ ހަމަ އެއް ޑޮކްޓަރުން ތަކެއް ކަމަށެވެ.



އެހެންކަމާއިއެކުވެސް މިއަދު ހޯދެމުން މިދާ ކުރިއެރުންތަކުގެ އަސްލަކީ ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލާއި އެކަންކަމުގެ ސަބަބުން ޚިދުމަތް ދިނުމަށް ގެނެވުނު ބަދަލުތައް ކަމަށެވެ.

"--މި52 ބުރީގެ އިމާރާތް މީގެ 5 އަހަރުކުރިން އެޅުނު ނަމައޭ އަދި މި ބަދަލުތައް މީގެ 5 އަހަރުކުރިން ގެނެވުނު ނަމައޭ އަޅުގަނޑު ހިތަށް އަރާ."

ނާޒިމް ވިދާޅުވީ ކުރެވޭ މަސައްކަތްތަކުން ފާހަގަކުރެވޭ ކަންކަން ރަނގަޅުކުރުމަށްޓަކައި ކަރުދާސްތައް ތައްޔާރުކޮށް ފުރިހަމަކުރަންޖެހޭ ކަންކަމުގެ ގޮތުގައި ހިމަނަން ޖެހޭ ކަމަށެވެ. އަދި އެގޮތަށް ބަލައިގެން މަސައްކަތް ކުރުމުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ދާނީ ދުވަހެއް ދުވަހަކަށް މަތިވަމުން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް