އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާ ނަރަކައަށް ވަންނާނީ ތިބާގެ "ބީރުކަމުން": މުފްތީ މެންކް

ތިބާ ނަރަކައަށް ވަންނާނީ ތިބާގެ "ބީރުކަމުން": މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ތިބާ ނަރަކައަށް ވަންނާނީ ތިބާގެ ބީރުކަމުންނެވެ. ނަރަކައަށް ވައްދަވާއިރު މަލާއިކަތުން ކޮންމެ މީހަކާއިވެސް ސުވާލުކުރައްވާނެއެވެ. މާތް ﷲ އަށް އީމާންވުމަށް ތިބާއަށް މާތް ﷲ ފޮނުއްވެވި މެސެޖް ނުލިބެނީ ހެއްޔެވެ؟

ތިބާ ނަރަކައަށް ވަންނާނީ ކުށަށް އިއުތިރާފްވަމުންނެވެ. ތިބާގެ ޖަވާބަކަށް ވާނީ މާތް ﷲ ގެ މަސެޖު ލިބުނު ކަމަށެވެ. ވީއިރު ތިބާ ނަރަކައަށް އެ ވަންނަނީ އަމިއްލައަށް ނޫންހެއްޔެވެ!

ވިސްނާށެވެ. ދެން ރަސޫލުބޭކަލުންނެއް ވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް ތިބާއަށް މާތް ﷲ ގެ މެސެޖުތައް ލިބެމުން އެބަދެއެވެ. ކީރިތި ޤްރްއާނުންނެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުތަކުންނެވެ. ވެބްސައިޓުތަކުންނެވެ. ސޯޝަލް މީޑިއާތަކުންނެވެ. ފޯނަށް އަންނަ މެސެޖުތަކުންނެވެ.

ވިސްނައިލާށެވެ. ޢާންމު ގޮތެއްގައި ތިބާގެ ފޯނަށް މަދުވެގެން 20،000 މެސެޖު އަހަރަކު އެބަ ލިބެއެވެ. އެ މެސެޖުތައް ތިބާ ކިޔަން ހެއްޔެވެ؟ އަމަލުކުރަން ހެއްޔެވެ؟ އަމިއްލަ ނަފުސާއި މި ސުވާލުތައް ކުރާށެވެ!

ތިބާއަށް ލިބޭ މެސެޖުތަކަށް އަމަލު ނުކުރާނަމަ ތިބާއަށް އިޞްލާޙްވުމުގެ ދޮރުތައް ބަންދުވެގެންދާނެއެވެ. ނޫޙުގެ ފާނުގެ ޤައުމުގެ މީހުންގެ ތެރެއިން މާތް ﷲ ގެ އެންގެވުމަށް ފުރަގަސް ދިން މީހުންނަށް ދޮރުތައް ބަންދުވެގެންދިއަ ފަދައިންނެވެ.

ގުޅުންހުރި ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް