އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަގީގީ ހާދިސާ: އާދަޔާ ޚިލާފު ނުބައި ވަހެއް ދުވި، މަރުވެފައިވާ ހަށިގަނޑެއްގެ ވާހަކަ

ހަގީގީ ހާދިސާ: އާދަޔާ ޚިލާފު ނުބައި ވަހެއް ދުވި، މަރުވެފައިވާ ހަށިގަނޑެއްގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު

އަހަންނަކީ މަރުވެފައިވާ ފިރިހެނުންގެ ހަށިގަނޑު ދޮވެ ހިނެވުމުގެ މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އެކަމުގައި އަހަންނާއިއެކު އިތުރު ތިން މީހަކުވެސް ބައިވެރިވިއެވެ.

އެގޮތުން އެއްދުވަހަކު ގެނެވުނު ހަށިގަނޑެއްގެ ވާހަކައެވެ. ހަށިގަނޑު ބާއްވާފައި އޮތް ކޮޓަރި ތެރެއަށް އަހަރެން ވަތްއިރު ފެނުނީ އެމީހާގެ އާއިލާ މީހުން ރޯމަންޒަރެވެ. އެމީހާގެ ހަށިގަނޑު އެއިރު އޮތީ ސަންދޯކެއް ކަހަލަ ދިގު ފޮއްޓަކަށް ލާފައެވެ.

ހިނެވުމުގެ މަސައްކަތް ފެއްޓުމަށްޓަކައި ކޮޓަރިން ބޭރަށް ނިކުތުމަށް އަހަރެން އެމީހުންނަށް އިޝާރާތް ކޮށްލީމެވެ. އެމީހުން ބޭރަށް ދިޔުމުން އަހަންނާއި ދެން ތިބި ތިން މީހުން، މަރުވެފައިވާ މީހާގެ ހަށިގަނޑު ހިނެވުމަށް ތައްޔާރުވާން ފެއްޓީމެވެ.

އެެއްކޮށް ތައްޔާރުވެ ނިމުމުން އެހަށިގަނޑު ހިނެވުމަށްޓަކައި ފޮށީގެ މަތިގަނޑު ހުޅުވާލީމެވެ. އެވަގުތު އެފޮށީތެރެއިން ދުވީ އޭގެ ކުރިން ދުވަހަކު ވެސް އަހަރެންގެ ނޭފަތުގައި ޖެހިފައި ނުވާފަދަ ނުބައި ވަހެކެވެ. އޭނާ މަރުވިތާ ގިނަ ވަގުތުތަކެއް ނުވި ކަމުގައި ވިޔަސް، ދުވަން ފެށި ވަހުން ހީވަނީ އޭނާ މަރުވެގެން ވަރަށް ދުވަސް ވެފައިވާހެންނެވެ.

އަހަންނާއިއެކު ދެން ތިބި ތިން މީހުން ގާތު އޭނާގެ ހަށިގަނޑު ފޮށީ ތެރެއިން ނަގާ، އެތަނުގައި ހުރި ދިގު މޭޒު މަތީގައި ބޭއްވުމަށް ބުނެ އަހަރެން ދިޔައީ އޭނާ ހިނެވުމަށް ފެން ބަލައެވެ.

އެވަގުތު އެތަނުގައި އާދަޔާ ޚިލާފު އެހެން ކަމެއްވެސް ވިއެވެ. އެމީހާގެ ހަށިގަނޑު ބަރުކަމުން އެމީހުންނަށް އެހަށިގަނޑެއް ނުނެގުނެވެ. އަހަރެން ހައިރާންވިއެވެ. މަރުވެފައިވާ މީހާ އަކީ ވަރަށް ވެސް ހިކިކޮށް ހުރި މީހެކެވެ. އެހެން ކަމުން އޭނާ އެހާ ބަރުވާންވީ ކީއްވެބާއޭ އަހަރެން ހިތައް އެރިއެވެ. އެމީހާއަށްވުރެ ހަށިގަނޑުން މާބިޔަ މީހުންގެ ހަށިތައްވެސް އަހަރުމެން ވަނީ އެއްވެސް އުނދަގުލަކާއި ނުލާ ނަގައިގެން ދޮވެފައެވެ.

އިތުރު މީހުންގެ އެހީއާއިއެކު އަހަރުމެން އެހަށިގަނޑު ނަގާ މޭޒުމަތީގައި ބޭއްވީމެވެ. އަދި ހިނެވުމުގެ މަސައްކަތް ފެށީމެވެ. އޭނާގެ ގައިގެ ހަންގަނޑު ފެނިފައި އަހަންނަށް އަނެއްކާވެސް އެހެން ކަމެއް ފާހަގަވިއެވެ. އޭނާއަކީ ގައިގެ ހަމުގެ ކުލަ ދޮން މީހެކެވެ. ނަމަވެސް އޭނާގެ މޫނުމަތި ހުރީ ވަރަށް ބޮޑަށް އަނދިރި ކޮށެވެ. އެއީ ކީއްވެބާއޭ އަހަރެން ހިތައް އެރިއެވެ. އެހަށިގަނޑުން ދުވި ނުބައި ވަހާއި އާދަޔާ ޚިލާފަށް ބަރުވުމުގެ އިތުރުން އޭނާގެ މޫނުމަތި އަނދިރިވެފައި ހުރުމުން އަހަންނާއި އަހަންނާއި އެކު މަސައްކަތް ކުރި މީހުންވެސް ހައިރާންވިއެވެ. ހިނަވާ ނިމުމުން އޭގެން އެކަކު އަަހަރެން ކައިރިއަށް އައިސް އެއްސެވެ. "އެއީ ކިހިނެއްވެފައިވާ ހަށިގަނޑެއް ހެއްޔެވެ؟" ޖަވާބުގައި އަހަރެން ބުނީ އަހަންނަށް ނޭނގޭ ކަމަށެވެ.

ހިނަވާ ނިމިގެން އެކޮޓަރިން ނިކުތްއިރު އަހަންނަށް އެމީހާގެ އާއިލާ މީހުން އެތަނުގައި މަޑުކޮށްގެން ތިއްބާ ފެނުނެވެ. އެމީހާގެ ހަށިގަނޑުގެ އަޖައިބުކަމާއި އެމީހާ ދުނިޔޭގައި އުޅުނު ގޮތާއި ބެހޭ ގޮތުން އަހަރެން އޮޅުން ފިލުވަން ބޭނުންވިއެވެ. އެހެންކަމުން އޭގެން އެކަކު ގާތު އަހަރެން އެވާހަކަ އެހީމެވެ. އޭނާގެ އާއިލާ މީހާ ދިން ޖަވާބު އަހަރެންގެ ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެއެވެ.

އާއިލާ މީހާ ބުންޏެވެ. އެފިރިހެން މީހާ ދުވަހަކު ވެސް ނަމާދެއް ނުކުރެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ