އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަނޑުހައިވެ ކަޅި ހުއްޓެމުން ދިއައިރުވެސް "ﷲ ގެ ޢަޛާބަށްވުރެ މަރުވުން މާރަނގަޅު" ކަމަށް ބުނި ޝީނާ މިލިއަނަރަކަށް!

ބަނޑުހައިވެ ކަޅި ހުއްޓެމުން ދިއައިރުވެސް "ﷲ ގެ ޢަޛާބަށްވުރެ މަރުވުން މާރަނގަޅު" ކަމަށް ބުނި ޝީނާ މިލިއަނަރަކަށް!

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 43 ސިކުންތު

ޝީނާއަކީ މައިން ބަފައިން މަރުވެ ވަރަށް ނިކަމެތި ހާލުގައި ދިރިއުޅެމުން އައި އަންހެން ކުއްޖެކެވެ. މީހުންނަށް މަސައްކަތްކޮށްލައިދީގެން ލިބޭ އެއްޗަކުން ފުއްދަމުން އައި ނަމަވެސް މަސައްކަތެއް ނުލިބި ގިނަ ދުވަސްވާނަމަ ކާންވެސް ނުލިބި ހުންނަން ޖެހެއެވެ.

ޝީނާގެ އަވަށްޓެރިންގެ ތެރޭގައި މިލިއަނަރަކު ހުރެއެވެ. އެހެންކަމުން ކާނެ އެއްވެސް އެއްޗެއް ނުލިބި ކަޅި ހުއްޓޭ ހާލަތަށް ދިއުމުން އެއްދުވަހަކު އޭނާ މިލިއަނަރުގެ ގެއަށް ދިއައެވެ.

ކަންދިމާވިގޮތުން ދޮރުގައި ޓަކި ޖެހުމުން ހުޅުވީ މިލިއަނަރެވެ. މިލިަނަރަށް ޝީނާ ފެނުމާއިއެކު ހައިރާންވިއެވެ. ޝީނާ ވީ އޭނާއަށް ފެނުނު އެންމެ ރީތި އަންހެން ކުއްޖާއަށެވެ.

ޝީނާ ފެނުމާއިއެކު ގެއަށް ވަނުމަށް އެދުނެވެ. ނަމަވެސް ޝީނާ އެކަމަށް ދެކޮޅު ހެދިއެވެ. ޝީނާ ބުނީ އޭނާ އައީ ހައިހޫނުކަން އިންތިހާއަށް ގޮސް ގޮތް ހުސްވުމުން ކާނެ އެތިކޮޅެއްގެ ބޭނުމުގައި ކަމަށެވެ. ގެއަށް ވަދެ ކުރާނެ ކަމެއް ނެތް ކަމަށާއި " ﷲ ގެ ޢަޛާބަށްވުރެ މަރުވުން މާރަނގަޅު" ކަމަށެވެ.

މިލިއަނަރުގެ ބަސް ޤަބޫލުކޮށް ގެއަށް ވަންނަން ޝީނާ ދެކޮޅު ހެދުމުން މިލިއަނަރު ދޮރުލައްޕާފައި އެތެރެއަށް ވަނީ އެވެ. ޝީނާގެ ޙާލަށް ވިސްނައިލުމެއް ނެތިއެވެ.

އެއިގެ 3 މަހެއްހައި ދުވަސް ފަހުން އަނެއްކާވެސް ޝީނާއަށް ހަމަ އެފަދަ ދުވަހެއް ކުރިމަތިވިއެވެ. ބަނޑުހައިވެގެން ގޮތް ހުސްވުމުން ކޮންމެ ހާލެއް ޖެހުނު ނަމަވެސް ހެޔޮ ކަމަށް ޤަބޫލުކޮށް ޝިނާ މިލިއަނަރުގެ ގެއަށް ދިއައެވެ.

އެދުވަހުވެސް ކަންތައް މެދުވެރިވީ ހަމަ ކުރީ ދުވަހާއި އެއްގޮތަށެވެ. މިލިއަނަރު ބުނީ ގެއަށް ވަނުމަށެވެ. ގޮތް ހުސްވެފައި ހުރި ޝީނާ އެދުވަހު ގެއަށް ވަނެވެ.

މިލިއަނަރު ބުނީ އޭނާގެ ޖަޒުބާތުތައް ފުއްދައިދީފި ނަމަ ޝީނާ އަށް ހަމައެކަނި ކާން ދޭނީ ނޫން ކަމަށެވެ. ބައިވަރު ފައިސާ ވެސް ދޭނެ ކަމަށެވެ.

ޖަވާބުގައި ޝީނާ ބުނީ ހަމަ ކުރީ ދުވަހުވެސް ބުނި ފަދައިންނެވެ. " ﷲ ގެ ޢަޛާބަށްވުރެ މަރުވުން މާރަނގަޅު" ކަމަށެވެ.

އެދުވަހު ޝީނާ ހުރި ހާލު މިލިއަނަރަށް ވިސްނައިލެވުނެވެ. އަދި އެވަގުތު ހިތަށް އެރިއެވެ. "އެނާ އެހުރީ ބަނޑުހައިވެގެން ކަޅި ހުއްޓޭ ހާލަތުގައެވެ. އެފަދަ ހާލުގައި ހުރިއިރުވެސް އޭނާ ބިރުވެތިވަނީ މާތް ﷲ އަށެވެ. ކާއެތިކޮޅެއް ނުލިބި މަރުވެދާނެތީ ޖެހިލުމެއް ނެތެވެ.

އަހަރެންނަކީ މާތް ﷲ މުއްސަނދިކަން ދެއްވަވާފައިވާ މީހެކެވެ. އަހަރެން ދިރިއުޅެމުން މިދަނީ މާތް ﷲ އަށް ބިރުގަތުމެއް ނެތިއެވެ. ވީއިރު އަހަރެންގެ ހަޔާތަކީ ހާދަ ދަށުދަރަޖައިގެ ހަޔާތެވެ."

އެ ޚިޔާލުތައް އައުމުން ގޭގެ ނޯކަރެއް ގެނުވައި ޝީނާ ގެންގޮސް ރަނގަޅަށް ކާން ދިނުމަށް އެދުނެވެ. އަދި ކައި ނިމިގެން އައިސް ބައްދަލުކުރުމަށް ޝީނާގެ ކިބައިން އެދުނެވެ.

ބަނޑުހައިވެފައި ހުރިވަރުން ޝީނާއަށް މާގިނަ އެއް ޗެއް ނުވެސް ކެވުނެވެ. ދާދި މަދު މިންވަރެއް ކައިގެން އޭނާ އެނބުރި އައިސް މިލިއަނަރާއި ބައްދަލުކުރިއެވެ.

މިލިއަނަރު ބުނީ ކުރީ ދުވަހު ކަންތައް ކުރެވުނު ގޮތާއިމެދު މާފަށް އެދޭ ކަމަށެވެ. ފައިސާ ބޮނޑިއެއް ދިއްކޮށްލާފައި ބުނީ މިއީ އެދުވަހު ކަންތައް ކުރެވުނު ގޮތަށް ބަދަލެއްގެ ގޮތުން ދިން އެއްޗެއް ކަމަށެވެ.

ޝީނާ ބުނީ އެދުވަސް ނިމި ގޮސްފައިވާ ކަމަށާއި އެހައި ގިނަ ފައިސާ އޭނާ ބޭނުން ނޫން ކަމަށެވެ.

ޝިނާގެ މިޖަވާބާއިއެކު މިލިއަނަރަށް ޝީނާ ކުރިއަށްވުރެވެސް މާރީތިވިއެވެ. ފައިސާތަކެއް ދިނުމުން އެ ގިނަވެގެން ޝަކުވާކުރި ހަމައެއްވެސް މީހަކާއި ބައްދަލުވެފައި ނެތުމުންނެވެ. އަބަދުވެސް ބައްދަލުވަނީ ވީހައި ގިނަ ފައިސާއަށް ބޭނުންވެގެން ތިބޭ މީހުންނާއި ކަމަށްވާތީއެވެ.
އެހެންކަމުން ކޮންމެ ގޮތަކުން ނަމަވެސް ޝީނާގެ ބޭނުން ކުރަން މިލިއަނަރު ބޭނުންވިއެވެ.

މިލިއަނަރު ތަފާތު އިބާރާތްތަކުން ޝީނާ އާއި ވާހަކަދައްކަން ފެށުމުން ޝީނާ ދިން ޖަވާބު ވަރަށް ސާފެވެ. ޝީނާގެ ހަޤީޤީ ޙާލަތު ކިޔައި ދިނުމަށްފަހު ބުނީ އޭނާގެ ޙަޤީޤީ ހާލަތު ޤަބޫލުކުރާނަމަ އޭނާ އާއި ކައިވެނި ކުރެވިދާނެ ކަމަށެވެ. މިލިއަނަރުގެ މުއްސަނދިކަމުން އެއްވެސް ބައެއް ބޭނުން ނޫން ކަމަށާއި ހަމައެކަނި ޝަރުޠަކީ މާތް ﷲ އަށްޓަކައި ކުރާ ކައިވެންޏަކަށްވުން ކަމަށެވެ.

މިލިއަނަރު ލަސް ކުރާކަށް ބޭނުމެއް ނުވިއެވެ. ކައިވެނިކޮށްދޭނެ މީހުން ގެއަށް ގެނުވައި ވަގުތުން ކައިވެނިކުރީއެވެ.

ކައިވެނީގައި މިހާރު ވަނީ 7 ދަރިން ލިބިފައެވެ. ދެމަފިރިން އުޅެމުންދަނީ ވަރަށް ލޯބިން އެކުވެރިކަމާއިއެކުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

Advertisement

ކޮމެންޓް ކުރެއްވުމަށް

Saif 2017-12-01 16:57:34

ماشاءالله

ދެން ވަރި ވެވެެެެެެކައް ނެތް 2017-12-01 23:43:14

އަބްދުއްލަތީފް