އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމީ ވޮލީ ލީގު - މިސްކިތްމަގު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި

ޤައުމީ ވޮލީ ލީގު - މިސްކިތްމަގު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު

ސީލައިފް ގްލޯބަލް ޤައުމީ ވޮލީ ލީގުގައި އަންހެން ބައިން މިސްކިތްމަގު ކުޅުނު ދެވަނަ މެޗުން ވެސް އެ ޓީމު ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ޕޮލިސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، ޏ.ފުވައްމުލަކުގެ މިސްކިތްމަގު އެންމެން ގުޅުން ކުރިހޯދީ ތިން ސެޓު އެއް ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު 25-19 އިން މިސްކިތް މަގު ގެންދިޔައިރު، ދެވަނަ ސެޓު ހަމަ 25-19 އުން ޕޮލިސް ކްލަބް ގެންދިޔައެވެ.

ތިންވަަނަ ސެޓާއި ހަތަރުވަނަ ސެޓު ގެންދިޔައީ މިސްކިތްމަގުންނެވެ. މިސްކިތްމަގުން މި ސެޓުތައް ގެންދިޔައީ 25-20 އަދި 25-14 އުންނެވެ.

މި މެޗުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ، މިސްކިތްމަގު ކުޅުނު ފުރަތަމަ މެޗުން ވެސް ހޯދި ބިދޭސީ ކުޅުންތެރިޔާ ނިރްމަލާއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް