އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމީ ވޮލީ ލީގު - ސީލައިފް އަތުން މޯލްޑިވިއަންއަށް މުހިންމު މޮޅެއް

ޤައުމީ ވޮލީ ލީގު - ސީލައިފް އަތުން މޯލްޑިވިއަންއަށް މުހިންމު މޮޅެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު



ރޭ ސީލައިފް ގްލޯބަލް ޤައުމީ ވޮލީބޯޅަ ލީގުގައި ފިރިހެން ބައިގެ މެޗުގައި ސީލައިފް ސްޕޯޓްސް ކްލަބް އަތުން މޯލްޑިވިއަން ރެކްރިއޭޝަން ކްލަބުން މުހިންމު މޮޅެއް ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅުނު މި މެޗު މޯލްޑިވިއަންއިން މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް މޯލްޑިވިއަންއިން ގެންގޮސްފައިވަނީ ސީދާ ތިން ސެޓުންނެވެ. އެއީ 25-20، 29-27، އަދި 25-21 އުންނެވެ.

މި މެޗުގެ އެންމެ މޮޅު ކުންތެރިޔާގެ މަޤާމު ހޯދީ މޯލްޑިވިއަނަށް ކުޅެދޭ ޕާކިސްތާން ޤައުމީ ޓީމަށް ވެސް ކުޅެދީފައިވާ އައިމަލް ޚާންއެވެ.

ފިރިހެން ބައިގެ މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު، މޯލްޑިވިއަންއާއި ސިފައިން ކުޅުނު ދެ މެޗު ވެސް އެ ޓީމުތައް ކާމިޔާބުކުރިއެވެ. ސީލައިފް ކުޅުނު ދެ މެޗުން ވެސް އެ ޓީމު ބަލިވީއެވެ. މާޒިޔާއާއި ޕޮލިސް ވެސް އަދި އެއް މެޗު ކުޅުނުއިރު، ދެ ޓީމު ވެސް ވަނީ އެ މެޗުން ބަލިވެފައެވެ.

މުބާރާތުގެ މިއަދު ހަވީރު އަންހެން ބައިގެ މެޗެއް ކުޅޭއިރު، މިރޭ ފިރިހެން ބައިގެ މެޗެއް ކުޅޭނެއެވެ. އަންހެން ބައިގެ މެޗުގައި ބައްދަލުކުރާނީ މޯލްޑިއަންއާއި ޕޮލިސްއެވެ. ފިރިހެން ބައިގެ މެޗުގައި ބައްދަލުކުރާނީ ސީލައިފްއާއި މާޒިޔާއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް