އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭއެފްސީ ދެކުނު އޭޝިއާ ޒޯން ގްރޫޕްގައި ނިއުއާއި އިންޑިއާގެ އައިޒޯލް ޖާގަހޯދައިފި

އޭއެފްސީ ދެކުނު އޭޝިއާ ޒޯން ގްރޫޕްގައި ނިއުއާއި އިންޑިއާގެ އައިޒޯލް ޖާގަހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

އޭއެފްސީ ކަޕްގައި ދެކުނު އޭޝިއާ ޒޯންގައި ގްރޫޕަށް ދިވެހި ޕްރެމިއާ ލީގުގެ ޗެމްޕިއަން ނިއުރޭޑިއަންޓްގެ އިތުރުން އިންޑިއާ އައި ލީގު ޗެމްޕިއަންކަން ހޯދައިގެން އައިޒޯލް ޖާގަ ހޯދައިފިއެވެ.

ގްރޫޕްގެ ތިންވަނަ ޖާގަ ލިބިގެންދާނީ ބަންގްލަދޭޝް ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށެވެ

މި ގްރޫޕްގެ ހަތަރުވަނަ ޖާގަ ލިބިގެންދާނީ ދެކުނު އޭޝިއާ ޒޯންގެ ޕްލޭއޮފް ކާމިޔާބުކުރާ ޓީމަކަށެވެ. ޕްލޭއޮފަށް ކުޅޭ ޕްރިލިމިނަރީ ބުރުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ، އިންޑިއާގެ ބެންގަލޫރު އެފްސީ، ރާއްޖޭގެ ޓީސީ ސްޕޯޓްސް،އަދި ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑްގެ އިތުރުން ބަންގްލަދޭޝް ފެޑެރޭޝަން ކަޕް ކާމިޔާބުކުރާ ޓީމަކަށެވެ.

އެ ގޮތުން، ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ޓީސީ ބައްދަލުކުރަންޖެހޭނީ ބަންގްލަދޭޝް ފެޑެރޭޝަން ކަޕް ކާމިޔާބުކުރާ ޓީމަކާއެވެ. ޕްރިލިމިނަރީ ބުރުގެ އަނެއް މެޗުގައި ބައްދަލުކުރާނީ އިންޑިއާގެ ބެންގަލޫރު އެފްސީއާއި ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑްއެވެ. މި ދެ މެޗުން މޮޅުވާ ދެ ޓީމު ޕްލޭއޮފް ބުރުގައި ވާދަކުރާނެއެވެ. އެ މެޗު ކާމިޔާބުކުރާ ޓީމު، ނިއު ހިމެނޭ ދެކުނު އޭޝިއާ ޒޯންގެ ގްރޫޕްއުން ޖާގަ ލިބިގެންދާނެއެވެ.

ދެކުނު އޭޝިއާ ޒޯނުން ކުރި ހޯދައި ޓީމް، އިންޓަ ޒޯން ބުރުގެ ސެމީއިން ޖާގަ ލިބިގެންދާނެއެވެ. އިންޓަ ޒޯންގެ ސެމީ ކާމިޔާބުކޮށް، ފައިނަލް ވެސް ކާމިޔާބުކުރާ ޓީމާއި ވެސްޓް ޒޯން ފައިނަލް މެޗު ކާމިޔާބުކުރާ ޓީމު، މުޅި މުބާރާތުގެ ފައިނަލުގައި ވާދަކުރާނެއެވެ.

އޭއެފްސީ ކަޕްގެ މި އާ ފޯމެޓާއެކު ކުޅެން ފެށީ މި އަހަރުގެ މުބާރާތުގައެވެ.

އޭޝިއާ ކްލަބްތަކުގެ މެދުގައި ކުޅޭ މި މުބާރާތުގެ އެންމެ ކާމިޔާބު ދެކުނު އޭޝިއާ ކްލަބަކީ 2016ވަނަ އަހަރުގެ ފައިނަލަށް ދަތުރުކުރި އިންޑިއާގެ ބެންގަލޫރު އެފްސީއެވެ. އޭގެ ކުރިން އެ ޝަރަފު ލިބިފައިވަނީ ރާއްޖޭގެ ނިއުއަށެވެ.

ނިއު ވަނީ 2005ވަނަ އަހަރު، މި މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ. އަދި ގްރޫޕް ސްޓޭޖަށްވުރެ ދުރަށް މި މުބާރާތުގައި ދަތުރުކުރި ހަމައެކަނި ދިވެހި ކްލަބަކީ ނިއު ރޭޑިއަންޓްއެވެ. ނިއު ވަނީ 2013ވަނަ އަހަރުގެ މުބާރާތުގައި ވެސް ކުއާޓާއާ ހަމައަށް ދަތުރުކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް