އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިރުވެތިވޭ- އަނބިންނަށްވުރެ ރައްޓެހިންނަށް އިސްކަންދިނުމަކީ ބޮޑު ފާފައެއް: މުފްތީ މެންކް

ބިރުވެތިވޭ- އަނބިންނަށްވުރެ ރައްޓެހިންނަށް އިސްކަންދިނުމަކީ ބޮޑު ފާފައެއް: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

"އަނބިން ފިރިން ހެއްވާލުމަށް ބަހެއް ބުނުމަކީ ސަވާބު ލިބޭ ކަމެއް. އެ ސަވާބު ލިބިގަންނަން މަސައްކަތް ނުކުރަންވީ ކީއްވެ؟"

ބައެއް ފިރިހެންކުދިން ރޭގަނޑު މެންދަމު 12 ޖަހަންދެން، 2 ޖަހަންދެންވެސް ރައްޓެހިންނާއިއެކު ވަގުތު ހޭދަކުރާ ކަމަށާއި އެގޮތަށް އުޅެމުން ކައިވެނިކުރުމަށްފަހު ވެސް ހަމަ އެގޮތަށް އުޅެމުންދާ ކަމަށާއި އެއީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކު ވިދާޅުވީ މީހެއްގެ އަންހެން ދަރިއަކާއި ކައިވެނިކޮށް ތިމާގެ ބެލެނިވެރިކަމުގެދަށް އެ ކުއްޖާ ގެނައުމަށްފަހު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ އަނބިމީހާއަށް ކަމަށެވެ. "މިއީ ގިނަ ބައަކަށް ޖެހިފައިވާ "ބައްޔެއް."

"ކައިވެނިކުރުމަށްފަހު އަނބިންނާއެކު ވަގުތު ހޭދަކުރުމަކީ އަޅުކަމެއް. އެއީ އިސްލާމް ދީނުގައި އެކަން އޮތް ގޮތް. ޢާއިލާ އާއިއެކު ވަގުތު ހޭދަކުރުމަކީ އިސްލާމް ދީނުގައި އަޅުކަމެއް."

މުފްތީ މެންކް ވިދާޅުވީ ބައެއް މީހުން މަސައްކަތުގައި އުޅުމަށްފަހު ގެއަށް ގޮސް ކައިގެން އިށީންނަނީ ޓީވީ ބަލައި ނޫސްކިޔުން ފަދަ ކަންކަން ކުރުމަށް ކަމަށެވެ. އެގޮތަށް އިނދެ ނިދިއައުމުން ނިދަނީ ކަމަށެވެ. އަނބި ދަރިންނާއި ވާހަކަވެސް ނުދައްކާ ކަމަށެވެ. ބައެއް މީހުން އިންޓަރނެޓާއިއެކު ހަމައެހައިމެ ގިނަ ވަގުތު ހޭދަކުރާ ކަމަށެވެ. "އަނބި ދަރިން ވާހަކަ ދެއްކީމާ ބިޒީކަމަށް ބުނެފައި އިންޓަރނެޓުން ކާޓޫނު މޫނެއް ފެނުނިމާ ހެނީ. މިއީ ކިހިނެއް ޤަބޫލުކުރެވޭނެ ކަމެއް."

"އެގޮތަށް އަމަލުކުރާ މީހަކު ހުރިނަމަ މިއަދުން ފެށިގެން އެކަން އިޞްލާޙްކުރޭ. ކުރެވެމުން ތިއަދަނީ ބޮޑު ފާފައެއް. ތިބާ ތިބާގެ އަނބިންނާ އަޅައި ނުލާނަމަ ތިބަލަނީ ކާކު އަޅައިލާނެ ކަމަށް."

މުފްތީ މެންކް ވިދާޅުވީ ހަރުދަނާ ޖީލެއް ބިނާކުރަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބެލެނިވރިކަން ނުދަންނަ ބައަކު ބެލެނިވެރިންނަށްވަމުން އައުންކަމަށެވެ.

މުފްތީ މެންކް ވިދާޅުވީ ބެލެނިވެރިއަކަށް ވުމަށްޓަކައި ތައްޔާރުވާންޖެހޭ ކަމަށެވެ. ކަންތައްތަކެއް ދަސްކޮށް ތިމާމެންގެ ކިބައި ސިފަތަކެއް ހަރުލައްވަންވެސް ޖެހޭ ކަމަށެވެ. ނަމަވެސް މިއަދު ފެންނަމުން މިދަނީ މިއިން އެއްވެސް ކަމެއް ފުރިހަމަނުކުރާ ބައަކު ކުއްލިއަކަށް ބެލެނިވެރިންނަށް ވަމުން އަންނަތަން ކަމަށެވެ.

މުފްތީ މެންކް ވިދާޅުވީ ބައެއް މީހުން ބެލެނިވެރިންނަށްވާއިރު އެމީހުންނަށް ބެލެނިވެރިން ބޭނުންވާ ކަމަށެވެ. އެފަދަ ހާލުގައި ބެލެނިވެރިންނަށްވުމުން ބެލެނިވެރިކަމުގެ މަސްއޫލިއްޔަތު އެމީހުންނަށް ނުއުފުލޭ ކަމަށެވެ.

ގުޅުންހުރި ވީޑިއޯ:



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް