އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ނަން އުނިކޮށް، 17 ޤައުމެއް "ނޮން-ކޯޕަރޭޓިވް ޓެކްސް ޖުރިސްޑިކްޝަން" ކަމުގައި އީޔޫ އިން ބްލެކްލިސްޓްކޮށްފި

ރާއްޖޭގެ ނަން އުނިކޮށް، 17 ޤައުމެއް "ނޮން-ކޯޕަރޭޓިވް ޓެކްސް ޖުރިސްޑިކްޝަން" ކަމުގައި އީޔޫ އިން ބްލެކްލިސްޓްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ރާއްޖޭގެ ނަން އުނިކޮށް، 17 ޤައުމެއް "ނޮން-ކޯޕަރޭޓިވް ޓެކްސް ޖުރިސްޑިކްޝަން" ކަމުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބްލެކްލިސްޓްކޮށްފިއެވެ.

ރާއްޖެ އުނިކޮށްފައިވަނީ 2015 ވަނަ އަހަރު ޔޫރަޕިއަން ޔުނިއަން (އީ.ޔޫ) އިން ނެރެފައިވާ "އަ ފެއަރ އެންޑް އެފިޝަންޓް ކޯޕަރޭޓް ޓެކްސް ސިސްޓަމް އިން ދި ޔޫރަޕިއަން ޔުނިއަން" ރިޕޯޓުގައި ހިމަނާފައިވާ "ނޮން-ކޯޕަރޭޓިވް ޓެކްސް ޖުރިސްޑިކްޝަން" ގެ ލިސްޓުންނެވެ.

2015 ވަނަ އަހަރު ނެރެފައިވާ ލިސްޓުގައި ދިވެހިރާއްޖެ ހިމެނިފައިވާތީ ދިވެހިރާއްޖެ އެލިސްޓުގައި ހިމެނިފައިވާ ސަބަބުތައް ބަލައި ދިވެހިރާއްޖޭގެ ޓެކްސް ނިޒާމު ހަރުދަނާ ކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އާއި ދިވެހި ސަރުކާރުން ކުރެއްވެވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެ މި ލިސްޓުން އުނިކުރެވިފައިވަނީ އީ.ޔޫގެ އިރުޝާދުގެ ދަށުން ދިވެހި ސަރުކާރުން އެޅުއްވެވި އަވަސް ފިޔަވަޅުތަކެއްގެ ސަބަބުންނެވެ.

އީ.ޔޫގެ "ނޮން-ކޯޕަރޭޓިވް ޓެކްސް ޖުރިސްޑިކްޝަން"ގެ ބްލެކްލިސްޓުން ދިވެހިރާއްޖޭގެ ނަން އުނިކުރެވިފައިވަނީ ބައިނަލްއަޤްވާމީ ޓެކުހުގެ މުޖުތަމަޢުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކޮށް ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އޮގަނައިޒޭޝަން ފޮރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑެވެލޮޕްމަންޓް (އޯ.އީ.ސީ.ޑީ) ގެ "ގްލޯބަލް ފޯރަމް އޮން ޓްރާންސްޕޭރެންސީ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން ފޮރ ޓެކްސް ޕަރޕަސަސް"ގެ މެމްބަރަކަށް ދިވެހިރާއްޖެވުމަށާއި ބައިނަލްއަޤްވާމީ ޓެކުހުގެ މައިދާނުގައި ޓެކުހަށް މަކަރުހެދުން ހުއްޓުމުވަށް އޯ.އީ.ސީ.ޑީ އާއި ޖީ.20 ގެ މެމްބަރު ގައުމުތަކުން އެކުލަވާލާފައިވާ "އިންކްލޫސިވް ފްރޭމްވާރކް" ގެ މެމްބަރަކަށް ދިވެހިރާއްޖެ ވުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެންނެވެ.

އަދި ދިވެހިރާއްޖެއަކީ މި ދެ ޖަމްއިއްޔާއްގެ މެމްބަރަކަށްވުމުންނާއި މިކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާތީއެވެ.

ދިވެހިރާއްޖެއަކީ ޓެކްސްއަށް މަކަރުހަދާ ފަރާތްތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރާ ޤައުމަކަށް ހެދުމަށް ދިވެހިރާއްޖޭގެ ޓެކްސް އޮތޯރިޓީއިން ކުރަމުންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި އީ.ޔޫ އިން އިސްނަގައިގެން ބައިނަލްއަޤްވާމީ ޓެކުހުގެ ނިޒާމް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުގެ އެއްބާރުލުމާއި ބައިވެރިވުން ދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ފިނޭންސްވެސް ވަނީ އީ.ޔޫ އަށް ދެއްވާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް