އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެސީގެ ބެލޯންޑިއާ ރެކޯޑާ ރޮނާލްޑޯ އަރާ ހަމަކޮށްފި

މެސީގެ ބެލޯންޑިއާ ރެކޯޑާ ރޮނާލްޑޯ އަރާ ހަމަކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ފްރާންސްގެ ނޫސް މަޖައްލާއެއް ކަމަށްވާ ފްރާންސް ފުޓްބޯލްއިން ހޮވާ އަހަރުގެ ބެލޯންޑިއާ އެވޯޑު ރިއާލް މެޑްރިޑާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައި، ވާދަވެރި ބާސެލޯނާއާއި އާޖެންޓީނާގެ ތަރިި ލިއޮނަލް މެސީގެ ރެކޯޑާ އަރާ ހަމަކޮށްފިއެވެ.

ފްރާންސް ރޭ ބޭއްވި އެވޯޑު ދިނުމުގެ ހަފުލާގައި 2017ވަނަ އަހަރުގެ ބެލޯންޑިއޯ އެވޯޑު ރޮނާލްޑޯއަށް ލިބުމާއެކު ރޮނާލްޑޯ ވަނީ ޖުމުލަ ފަސް ފަހަރު މި އެވޯޑު ހޯދައިފައެވެ. އެއީ 2008، 2013، 2014، 2016، އަދި 2017ވަނަ އަހަރުއެވެ.

ރޮނާލްޑޯއާ އެންމެ ވާދަވެރި މެސީ ވެސް ވަނީ މި އެވޯޑު ފަސް ފަހަރު ހޯދައިފައެވެ. އެއީ 2009، 2010، 2011، 2012 އަދި 2015ވަނަ އަހަރުއެވެ.

މި އަހަރުގެ ބެލޯންޑިއާ އެވޯޑަށް ވާދަކުރި ކުޅުންތެރިންގެ ތެރެއިން ދެވަނަ ލިބެނީ މެސީއަށެވެ. ތިންވަނަ ލިބެނީ މިދިޔަ ހޫނު މޫސުމުގެ ބާޒާރުގައި ބާސާއިން ރެކޯޑު އަގަކަށް ޕީއެސްޖީއަށް ބަދަލުވި ބްރެޒިލްގެ ތަރި ނޭމާއަށެވެ.

މީގެ ކުރިން މި އެވޯޑު ފީފާއާ ގުޅިގެން ދިން ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓަމްބަރު މަހު، ފީފާއިން މި އެވޯޑާ ވަކިވެ ފީފާ ބެސްޓް ޕްލޭޔާ އެވޯޑު ދިނުމަށް އެ އިދާރާއިން ނިންމިއެވެ. އެ ގޮތަށް ބަދަލުވުމަށްފަހުގައި ފީފާއިން ބެސްޓް ޕްލޭޔާ އެވޯޑު ދެ ފަހަރު މަތިން ދިންއިރު، އެ ދެ ފަހަރު ވެސް ފީފާ އެވޯޑު ވެސް ކާމިޔާބުކުރީ ރޮނާލްޑޯއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް