އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމީ ވޮލީ ލީގު - މާޒިޔާ ކަޓުވާލުމަށްފަހު ސީލައިފް ދެވަނަ ބުރަށް

ޤައުމީ ވޮލީ ލީގު - މާޒިޔާ ކަޓުވާލުމަށްފަހު ސީލައިފް ދެވަނަ ބުރަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ސީލައިފް ގްލޯބަލް ޤައުމީ ވޮލީބޯޅަ ލީގުގެ ރޭ ފިރިހެން ބައިގައި ކުޅުނު މެޗުން ޕޮލިސް ކްލަބް ބަލިކޮށް ސީލައިފް ދެވަނަ ބުރަށް ދަތުރުކުރިއިރު، އިއްޔެ ހަވީރު މޯލްޑިވިއަން އަތުން ބަލިވެ މާޒިޔާ މުބާރާތުން ކަޓައިފިއެވެ.

ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭ ސީލައިފްއުން ފުރަތަމަ ތިން މެޗުން ބަލިވުމާއެކު، ދެވަނަ ބުރަށް ދިޔުމަށްޓަކައި ރޭގެ މެޗުން މޮޅުވުން ސީލައިފްއަށް މަޖުބޫރުވިއެވެ. ރޭގެ މެޗުން ސީލައިފް މޮޅުވީ ތިން ސެޓް އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓް ވެސް ގެންދިޔައީ ސީލައިފްއިންނެވެ. އެ ސެޓްތައް ސީލައިފްއިން ގެންދިޔައީ 25-21، އަދި 25-14 އުންނެވެ. 23-25 އުން ތިންވަނަ ސެޓް ޕޮލިސް ގެންދިޔަ ނަމަވެސް، ހަތަރުވަނަ ސެޓްގައި 26-24 އުން ސެޓް ގެންގޮސް ސީލައިފް މެޗުން މޮޅުވިއެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި މާޒިޔާ ބަލިކޮށް މޯލްޑިވިއަންއިން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓްތައް މޯލްޑިވިއަންއިން ގޮންގޮސްފައިވަނީ 25-21، 25-14، އަދި 25-22 އުންނެވެ.

ސީލައިފް މެޗުގެ އެންމެ މޮޅު ކުޅުންތެެރިޔަކީ އެ ޓީމުގެ ހަސަން ނިލާމްއެވެ. މޯލްޑިވިއަން ކުޅުނު މެޗުން އެންމެ މޮޅު ކުޅުންތެރިޔަކީ އެ ޓީމުގެ ޕާކިސްތާނު ކުޅުންތެރިޔާ މުރާދު ޖިހާންއެވެ.

ފިރިހެން ބައިގެ ފުރަތަމަ ބުރުގެ ޕޮއިންޓް ޓޭބަލް:

1. މޯލްޑިވިއަން: 11 ޕޮއިންޓް
2. ސިފައިން: 9 ޕޮއިންޓް
3. ސީލައިފް: 5 ޕޮއިންޓް
4. ޕޮލިސް: 3 ޕޮއިންޓް
5. މާޒިޔާ: 2 ޕޮއިންޓް

މި މުބާރާތުގައި މިއަދު އަންހެން ބައިގެ ފަހު މެޗުގައި ކުޅޭނީ މިހާރު ވެސް މުބާރާތުގެ އެއްވަނަ ކަށަވަރުކޮށްފައިވާ ޏ.ފުވައްމުލަކުގެ މިސްކިތްމަގު އެންމެންގެ ގުޅުމާއި މޯލްޑިވިއަންއިންނެވެ. ފިރިހެން ބައިން ހަވީރު ކުޅޭނީ ސީލައިފްއާއި ސިފައިންނެވެ. މިރޭ މޯލްޑިވިއަންއިން ނުކުންނާނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ. މިއަދު ފިރިހެން ބައިން އެ ފަށަނީ ދެވަނަ ބުރުގެ މެޗުތަކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް