އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

12 ދަރިންގެ އެކަނިވެރި މަންމައަށް "إياك نعبد وإياك نستعين" ގެ ފައިދާ ދެއްކެވީ ބޮޑު މާވަހަރަކުން!

12 ދަރިންގެ އެކަނިވެރި މަންމައަށް "إياك نعبد وإياك نستعين" ގެ ފައިދާ ދެއްކެވީ ބޮޑު މާވަހަރަކުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 20 ސިކުންތު

"ސަލީމާ ރަށުގެ ގޮނޑުދޮށަށް ދަރިންކޮޅު ގޮވައިގެން ނުކުތީ ކާނެ އެއްވެސް އެއްޗެއް ނެތުމުން ވައިން ހަކަތަ ހޯދާށެވެ. އެނބުރިދިއައީ ބޮޑު މާވަހަރެއް ހިފައިގެންނެވެ."

ސަލީމާއަކީ އުމުރުން އެންމެ 17 އަހަރުގައި ކައިވެނިކޮށް ދިރިއުޅެންފެށި އަންހެނެކެވެ. ލިބުނު އެއްމާބަނޑު ކުދިންނާއިއެކު އުމުރުން 35 އަހަރުވީއިރު 12 ދަރިން ވަނީ ލިބިފައެވެ. އަދި ފިރިމީހާ މަރުވުމުން އެކަނިވެރި މަޔަކަށްވެސް ވެފައެވެ.

ސަލީމާގެ ފިރިމީހާ އޮމާންގެ މަސްވެރިއެކެވެ. މަސްބޯޓެއްގެ އާދައިގެ ފަޅުވެރިއެކެވެ. މަސްވެރިކަމުން ލިބޭ އާމްދަނީއެއް ފިޔަވައި އިތުރު އެއްވެސް އާމްދަނީއެއް ލިބޭ މީހެއް ނޫނެވެ.

ފިރިމީހާ މަރުވި ދުވަހަކީ ސަލީމާގެ ހަތަރު އުދަރެސް ފެނުޖެހުނު ދުވަސްކަމަށް އެދުވަހު ޤަބޫލުކުރެވުނެވެ. ދަރިންކޮޅު ގޮވައިގެން އެކަނި ދިރިއުޅެވޭނެ ގޮތެއް ނެތްކަމަށް ޤަބޫލުކުރި ދުވަހެވެ.

ސަލީމާގެ އާއިލާއަކީވެސް ހަމަ އެހައިމެ ނިކަމެތި ޢާއިލާއެކެވެ. ސަލީމާއަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެއްވެސް ތަނަވަސްކަމެއް ނެތުމުންނެވެ. މައިންބަފައިން ދުވަސްވެ މުސްކުޅިވެފައި ތިބުމުންނެވެ.

ސަލީމާގެ ފިރިމީހާ މަރުވިއިރު ގޭގައި ހުރީ އެންމެ ހަފްތާއެއްހައި ދުވަހު ކައިލާ ވަރުގެ ކާޑުކޮޅެކެވެ. އެއީވެސް އެހެންކަންކަމަށް ޚަރަދު ނުކޮށް ކާބޯތަކެއްޗަށް އެންމެ ބޮޑު ސަމާލުކަމެއް ދޭތީ ޖަމާކުރެވިފައި ހުރި އެތިކޮޅެކެވެ.

12 ދަރިން ބަލަމުންވެސް އެންމެ ވަގުތަކުވެސް ނަމާދެއް ނުއަޅާ ސަލީމާ ހިތްވަރު އެލުވައެއް ނުލައެވެ. ސަލީމާ އަބަދުވެސް އެންމެ ބޮޑު ޔަޤީން ކަމެއް ބާއްވަނީ އަދި އެންމެ ބޮޑު ހިތްވަރެއް ހޯދަނީ ކީރިތި ޤްރްއާނުގެ 4 ވަނަ އާޔަތުންނެވެ. އެއީ "إياك نعبد وإياك نستعين" އެވެ. "އަޅަމެން އަޅުކަން ކުރަނީވެސް އަދި ވާގިއެދެނީވެސް ހަމައެކަނި މާތް ﷲ ގެ ޙަޟްރަތުން" ކަމަށް އޮތް އާޔަތުންނެވެ.

ސަލީމާ ފުރަތަމަ ކަމަކަށް ކުރިކަމަކީ ގޭގައި ހުރި ކާޑު ބޭނުންކުރުން މަދުކޮށްލުމެވެ. ދަރިންގެ ހައިހޫނުކަން ކިރިޔާ ފިލާ މިންވަރަށް ކާންދޭން ފެށުމެވެ. ހަފްތާއަކަށްވުރެ ގިނަ ދުވަހު ފުއްދޭނެ ގޮތެއް ހޯދުމަށެވެ.

އެވަރުންވެސް ފުއްދުނީ އެންމެ 15 ވަރަކަށް ދުވަހުއެވެ. 16 ވަނަ ދުވަހުގެ އިރު އަރައިގެން އައީ ދަރިންނަށް ހެނދުނުގެ ސައިބޮއިލެވޭނެ ފަދަ ގޮތެއްވެސް ނެތިއެވެ.

ސަލީމާ ފަތިހު ތެދުވެ ފަތިސް ނަމާދުކުރިއެވެ. ނަމާދުކުރާ އުމުރުގެ ދަރިން ވެސް ގޮވައިގެންނެވެ. ނަމާދަށްފަހު ހާލަތު ބަޔާންކޮށް މާތް ﷲ އަށް ދުޢާ ތަކުރާރުކުރިއެވެ. މަންމަގެ ދުޢާއަށް ހުރިހާ ދަރިން އާމީންކިޔެވެ.

ހުރިހާ ދަރިން ހޭލުމުން ދަރިންކޮޅު ގޮވައިގެން ނުކުތީ ގޮނޑުދޮށަށެވެ. ސާފު ވައިކޮޅެއް ލިބުމަކީ ހަކަތަ ލިބޭނެ ކަމަކަށްވާތީ ސާފު ވައިލިބުމުގެ ބޭނުމުގައެވެ.

ގޮނޑުދޮށުގައި ކުޑައިރުކޮޅަކު މަޑުކޮށްލިތަނާ 7 އަހަރުގެ ފިރިހެން ދަރިފުޅު ދައްކަން ފެށީ ރާޅާއި އުފުލި އަޑިއަށްދަމުން ދިއަ ކަޅު ބޯޅައެކެވެ. އަދި އެ ބޯޅަ ގެނެސް ދިނުމަށް މަންމަގެ ކިބައިން އެދުނެވެ.


މަންމަ އާއި އެންމެ ބޮޑު 3 ދަރިން މޫދަށް އެރި އެ ބޯޅަ ނެގިއެވެ. ގަނޑު ރަބަރުގަނޑެއް ފަދަ ބޯޅައެކެވެ. ފުދޭ ވަރެއްގެ ބަރުދަނެއްވެސް ހުއްޓެވެެ.

ބޯޅަ އެއްގަމަށް ލައިގެން ތިއްބާ އެތަނަށް އައި ބައަކު އެއަށް ބަލަން ފެށިއެވެ. އަދި އެތިކޮޅެއް ނައްޓައި ވަސް ބަލައިލުމަށްފަހު އެ ބޯޅަ ލިބުނު ގޮތަކާއިމެދު ސުވާލުކުރުމުން ސަލީމާ ކިޔައިދިނެވެ.

ސަލީމާގެ ކުޑަކުޑަ ދަރިފުޅަށް ފެނިގެން މަންމަ ލައްވައި ހޮވާފައިވަނީ ގަނޑު ރަބަރުގަނޑެއް ނޫނެވެ. ބޯޅައެއް ވެސް ނޫނެވެ. 7 ކިލޯގެ މާވަހަރެކެވެ.

ރަނގަޅު އަގެއް ލިބުނެވެ. މާތް ﷲ ދެއްވެވި ތަނަވަސްކަމުގެ ބޭނުންކޮށް، ފައިސާ އިޤްޠިޞާދުކޮށްގެން ދަރިންކޮޅު ބަލައި ބޮޑުކުރިއެވެ.
ސަލީމާގެ ދަރިންގެ ތެރެއިން 5 ދަރިންނަކީ މިއަދު ދުބާއީގައި ވަޒީފާ އަދާކުރާ ޑޮކްޓަރުންނެވެ. ދެން ތިބި ކުދިންނަކީ ވެސް ކިޔަވައިގެން ރަނގަޅު ވަޒީފާތަކުގައި ތިބި ކުދިންނެވެ. ސަލިމާގެ ކަމަކީ އަޅުކަން ކުރުމުގައި ވަގުތުތައް ހޭދަކުރުމެވެ.

އަޅުކަން ކުރަނީ ހަމައެކަނި ސަލީމާއެއް ނޫނެވެ. ސަލީމާގެ 12 ދަރިންނަކީވެސް ދީންވެރި ތަޤްވާވެރި ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކުރާ ކުދިންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ަރައު 2017-12-10 19:06:03

މިއާޓިކަލް ކިޔާ ނިމުނު އިރުވެސް ކޮން ޤައުމެއް ކަމެއް ނޭގުނު ماشاءالله .<br /> <br />

Naxx 2017-12-10 22:10:14

Maaސހަަ allah

Naxx 2017-12-10 22:10:32

Maaސހަަ allah


އަބްދުއްލަތީފް