އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުރިހާ މެޗަކުން މޮޅުވެ ޤައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން މޯލްޑިވިއަންއަށް

ހުރިހާ މެޗަކުން މޮޅުވެ ޤައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން މޯލްޑިވިއަންއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް ސީލައިފް ގްލޯބަލް ޤައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން މޯލްޑިވިއަން ސްޕޯޓްސް ރެކްރިއޭޝަން ކްލަބުން ހޯދައިފިއެވެ.

ރޭގެ މެޗަށް ނުކުތުމުގެ ކުރިން ލީގު ނެގުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތެވެ. މޯލްޑިވިއަންއަށް އެންމެ ޕޮއިންޓެއް ބޭނުންވާއިރު، ސިފައިންނަށް ލީގު ލިބެން އޮތީ މެޗު ފަސް ސެޓަށް ނުގެންގޮސް މޮޅުވެގެންނެވެ.

މެޗު ނިމުނީ ތިން ސެޓް އެއް ސެޓުން މޯލްޑިވިއަން މޮޅުވެގެންނެވެ.

ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ސެޓް މޯލްޑިވިއަންއިން ގެންގޮސްފައިވަނީ 25 - 22 ންނެވެ. އަދި މެޗުގެ ދެވަނަ ސެޓްގައި ސިފައިން ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ސެޓް ސިފައިން ގެންދިޔައީ 21-25 ންނެވެ.

ދެވަނަ ސެޓް ނަގައި ސިފައިން އުއްމީދު އާކުރި ނަމަވެސް، ތިންވަނަ ސެޓުގައި މޯލްޑިވިއަން ފެނުނީ މާ ވަރުގަދަކޮށެވެ. ޚާއްޞަކޮށް މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މި ސެޓް 25 - 22 ން ގެންދިޔައީ މޯލްޑިވިއަންއެވެ.

މެޗުގެ ދެ ސެޓް މޯލްޑިވިއަންއަށް ލިބުމާއެކު، އެ ޓީމަށް ލީގު ޔަޤީންވެއްޖެއެވެ. އެހެންވުމާއެކު ހަތަރުވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ފެނުނީވެސް ވަރަށް ހަމަހަމަ ފަސޭހަ ކުޅުމެކެވެ. ވަކިން ޚާއްޞަކޮށް މެޗުން މޮޅުވުމަށް ސިފައިންގެ ފަރާތުން މާ ބޮޑު މަސައްކަތެއް މި ސެޓްގައި ފެނިގެން ނުދެއެވެ. ނަތީޖާއެއްގެ ގޮތުން ހަތަރުވަނަ ސެޓް 25 ‍- 23 ން މޯލްވިއަންއިން ގެންގޮސް މެޗު ކާމިޔާބުކުރިއެވެ.

އިއްޔެ ހަވީރު، ސީލައިފް ސްޕޯޓްސް ކްލަބްއާއި ޕޮލިސް ކްލަބް ބައްދަލުކުރި މެޗު ނިމުނީ ތިން ސެޓް އެއް ސެޓުން ސީލައިފް މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ސެޓް، 20-25 ން ޕޮލިސް ގެންދިޔަ ނަމަވެސް، ދެން ކުޅުނު ތިން ސެޓް ގެންގޮސްފައިވަނީ ސީލައިފްއެވެ. އެ ސެޓްތައް ސީލައިފްއިން ގެންދިޔައީ 25-17، 23-25، އަދި 27-25 ންނެވެ.

ލީގު ޗެމްޕިއަންކަން ހޯދި މޯލްޑިވިއަންއަށް ލިބުނީ 20 ޕޮއިންޓެވެ. ފަހުގެ ޗެމްޕިއަން ސިފައިން، ދެވަނައިގައި އޮތީ 15 ޕޮއިންޓް ލިބިގެންނެވެ. ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިންނާއެކު ލީގު ފެށި ސީލައިފް ލީގު ނިންމާލީ 8 ޕޮއިންޓާއެކު ތިންވަނައިގައެވެ. ހަތަރުވަނައިގައި ޕޮލިސް އޮތީ 3 ޕޮއިންޓާއެކުއެވެ. މާޒިޔާ ވަނީ ލީގުގެ ފުރަތަމަ ބުރުގައި ކަޓާފައެވެ.

މި މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަން ޓީމަކީ ޏ.ފުވައްމުލަކު މިސްކިތް މަގު އެންމެންގެ ގުޅުމެވެ.

މި މުބާރާތުގެ ފިރިހެންބައިގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ މޯލްޑިވިއަންގެ މުރާދެވެ. އަންހެންބައިގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ މިސްކިތްމަގުގެ ނިރްމަލާއެވެ.

ޤައުމީ ލީގު ނިމުމާއެކު، ޤައުމީ ވޮލީބޯޅަ މުބާރާތް މާދަމާ ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް