އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

'މޯލްޑިވްސް ފުޓްބޯލް އެވޯޑް' އަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި

'މޯލްޑިވްސް ފުޓްބޯލް އެވޯޑް' އަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

'މޯލްޑިވްސް ފުޓްބޯލް އެވޯޑް' ގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރާ ކުޅުންތެރިން، އެންމެ މޮޅު ގޯލްކީޕަރުގެ މަޤާމަށް ވާދަކުރާ ކުޅުންތެރިން، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރާ ކުޅުންތެރިން އަދި އެންމެ ކޯޗުގެ މަޤާމަށް ވާދަކުރާ ކޯޗުންގެ ނަންތައް އިއުލާންކޮށްފިއެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރާ ހަ ކުޅުންތެރިންގެ ގޮތުގައި އިއުލާންކޮށްފައިވަނީ، ނިއުގެ ޢަލީ އަޝްފާޤް (ދަގަނޑޭ)، ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު)، ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ޓީސީގެ ނާއިޒް ހަސަން (ދާދު)، މާޒިޔާގެ މުހައްމަދު އުމައިރު، އަދި މިދިޔަ ފަހަރު މި މަޤާމު ހޯދި ނިއުގެ ޢަލީ ފާސިރު (ސެންޓޭ) އެވެ.

އެންމެ މޮޅު ގޯލްކީޕަރުގެ މަޤާމަށް ވާދަކުރާ ފަސް ގޯލްކީޕަރުންގެ ގޮތުގައި އިއުލާންކޮށްފައިވަނީ ނިއުގެ ފުރަތަމަ އަދި ޤައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު، ނިއުގެ ދެވަނަ އަދި މިހާރު ޤައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް، ޓީސީގެ ގޯލްކީޕަރު ކިރަން، މާޒިޔާގެ ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފް، އަދި ގްރީން ސްޓްރީޓްގެ ކީޕަރު ޖުން ކޮޗީއެވެ.

އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރާ ފަސް ކުޅުންތެރިންނަކީ ނިއުގެ ގެލާޑޯ ވަލްޑެސް އެޑްރިއަން، ނިއުގެ ރުއިޒް ޕަޒް އެންޖަލް ލުއިޒް، ޓީސީގެ ކޮނެލުއިސް ސްޓެވާޓް އެޒެކިއަލް، ގްރީންގެ ސޮބޮލް އިލިއާ، އަދި ޓީސީގެ ލިމްބޫ ކިރަން ކުމާރުއެވެ.

އެންމެ މޮޅު ކޯޗުގެ މަޤާމަށް ވާދަކުރާ ތިން ކޯޗުންނަކީ މާޒިޔާއަށް މާލެ ލީގު ކާމިޔާބުކޮށްދިން މަރްޔާން ސެކުލޮސްކީ، ނިއުއަށް ދިވެހި ޕްރެމިއާ ލީގާއި އެފްއޭ ކަޕް ހޯދައިދިން އޮސްކާ ބްރުޒޮން، އަދި މިދިޔަ އަހަރު އެ މަޤާމު ހޯދި ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

ދިވެހި ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްއާއި ފުޓުބޯޅަ ޚަބަރުތައް ގެނެސްދޭ މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމްއާ ގުޅިގެން ދޭ މި އެވޯޑުގެ މި އަހަރުގެ 'އެވޯޑް ނައިޓް' ރަސްމިއްޔާތު އޮތީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް