އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

4426 ދިޔައީ އެބޭފުޅުންގެ ބޯމަތިން، ވިސްނޭ ވަރުގަ ހުރީ ކޮސްޓިއުމް ކޮޅު އެކަނި- ނަހުލާ

4426 ދިޔައީ އެބޭފުޅުންގެ ބޯމަތިން، ވިސްނޭ ވަރުގަ ހުރީ ކޮސްޓިއުމް ކޮޅު އެކަނި- ނަހުލާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 34 ސިކުންތު

އަށް ވަނަ ދިވެހި ފިލްމު އެވޯޑްސް ގެ ނޮމިނޭޝަން ލިސްޓު ރޭ އާންމު ކޮށްފައިވާއިރު، ގިނަ ބަޔަކު ވަނީ އެވޯޑުތަކަށް ނޮމިނޭޓްކުރި ގޮތްތަކާއިމެދު ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށް ރިލީޒް ކޮށްފައިވާ ފިލްމުތަކަށް އަމާޒުކޮށް ހަތް ކުރު ފިލްމާއި 17 ފީޗަރ ފިލްމު ހިމަނާފައިވެއެވެ.



ފީޗަރ ފިލްމުގެ ލިސްޓަށް ބަލާލުމުން ގިނަ ބަޔަކަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. އެއީ އެންމެންގެ ތެރޭގައި ވެސް ވަރަށް ހޫނު ތަރުހީބެއް ލިބުނު އެއް ފިލްމު ކަމަށްވާ ދިވެހި ފިލްމު "4426" ނޮމިނޭޓް ވެފައިވާ އަދަދު މަދު ކަމުންނެވެ.

ކްރިސްޓަލް އެންޓަރޓެއިންމެންޓް ގެ އުފެއްދުމެއް ކަމަށްވާ 4426 އަކީ އެފަދަ ދެވަނައެއް ނުވާ ކުޅަދާނަ ލިޔުންތެރިޔާ/ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާތިމަތު ނަހުލާ (ނަހޫ) ގެ މާސްޓަރ ޕީސް އެކެވެ. މިފިލްމު ޑައިރެކްޓު ކޮށްފައިވަނީ ކުޅަދާނަ ޒުވާން ޑައިރެކްޓަރ އަޙުމަދު ޝިނާން އެވެ.

ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ މިފިލްމަކީ، މިދިޔަ އަހަރު މިފިލްމު ރިލީޒް ކުރުމުގެ ކުރިން ވެސް ހުރިހާ ބެލުންތެރިންގެ މެދުގައިވެސް ވަރަށް ފުރިހަމަ މަޤުބޫލުކަމެއް ހޯދި ފިލްމެކެވެ. ހުރިހާ ގޮތަކުން ބެލި ކަމުގައި ވިޔަސް މިފިލްމު ވަރަށް ވެސް ފުރިހަމަ އެވެ. އަދި ފިލްމުގައި ހަރަކާތްތެރިވި ހުރިހާ އެކްޓަރުން ވެސް ވަރަށް ފުރިހަމަ އެކްޓިންގ އެއް 4426 އިން ދައްކުވައިދިންކަމަށް ގިނަ މީހުން އެއްބަސްވާނެއެވެ.

ނަމަވެސް މިފަހަރުގެ ފިލްމު އެވޯޑްސްގައި، 4426 ނޮމިނޭޓް ވެފައިމިވަނީ އެންމެ ހަތަރު ކެޓަގަރީއިންނެވެ. މަދު ކެޓަގަރީތަކެއްގައި ނޮމިނޭޓްވުމުގެ އިތުރުން ހައިރާންވި އަނެއް ކަމަކީ އެފިލްމަށް އެންމެ ބޮޑު ފުރިހަމަކަމެއް ގެނެސްދިން ދެތަަރިން ކަމުގައިވާ މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބު ގެ ނަން އެންމެ މޮޅު ބަޠަލާއިންގެ ލިސްޓުގައި ނުހިމެނުމެވެ.



އައްޒަ އަކީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ވަރަށް ވެސް ކުޅަދާނަ އަދި ފުރިހަމަ އެކްޓިންގ އެއް ދައްކުވައިދޭ ފަންނާނެއްކަން މަދު ބަޔަކަށް ނޫނީ ޤަބޫލު ކުރެވޭނެއެވެ. އަދި ޝީލާ އަކީ އޭނާގެ ފިލްމީ ކެރިއަރު ފެށުނީއްސުރެ މިއަދާއި ހަމައަށް ވެސް އޭނާއަށް ކުޅެން ޖެހުނު ކޮންމެ ރޯލެއް ވެސް ވަރަށް ފުރިހަމައަށް އަދާކޮށްފައިވާ، ގިނަ މީހުންގެ ފަރާތުން އަބަދުވެސް ތައުރީފާއި ސަނާ ލިބެމުންދާ ފަންނާނެކެވެ.

ނަމަވެސް 4426 ގައި އެދެމީހުން ދައްކުވައިދިން ހުނަރުވެރި އެކްޓިންގ، "ދިވެހި ފިލްމު އެވޯޑްސް" އަށް ޖަޖު ކޮށްދެއްވި ފަރާތްތަކަށް ފާހަގަ ނުވީ ކީއްވެކަމެއް ވިސްނާ ވިސްނާ ވެސް ވަނީ ނުވިސްނިފައެވެ.

މިފިލްމު ނޮމިނޭޓްވި ކެޓަގަރީތަކަށް ބަލާލާއިރު، ނޮމިނޭޓް ވެފައިވަނީ އެންމެ ހަތަރު ކެޓަގަރީ އިންނެވެ. އެއީ:

• އެންމެ މޮޅު ފިރިހެން އެކްޓަރ ކަމުގެ ބައިން- އިބްރާހިމް ޖިހާދު (ޖިމީ)
• އެންމެ މޮޅު ވިޟުއަލް އެފެކްޓްސް ގެ ބައިން- އަޙުމަދު ޝިނާން
• އެންމެ މޮޅު މޭކަޕްގެ ބައިން- އިސްމާއިލް ޖުމައިޙު، އަޙުމަދު ފަޔާޒް
• އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން ގެ ބައިން- ރަޒީނާ ތައުފީޤް، ފާތިމަތު ނަޙުލާ

ނޮމިނޭޝަންސްގައި 4426 މަދު ބައެއްގައި ހިމެނުމުން، އެކަމާއި ނުރުހުން ފާޅުކޮށް ފާޑުކީ މީހުންގެ އަދަދު ގިނައެވެ. އެގޮތުން ފިލްމުގެ ޕްރޮޑިއުސަރ ނަހޫ އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ބުނެފައިވަނީ "4426 ގައި އެކްޓަރުން ދައްކައިދިން މޮޅު ހުނަރާއި ސްކްރިޕްޓަށް ކޮށްފައިވާ މަސައްކަތާއި ރިސާޗަށްވުރެ ޖަޖުންނަށް ކަމުދިޔައީ މުޅި ފިލްމުގަ އެއް ކޮސްޓިއުމެއްގެ ގޮތުގައި ލައިގެން އުޅުނު ހަ ޓީޝާޓާއި ދެ ޓޮޕު. ނޮމިނޭޓޭޑް ފޯ ދި ބެސްޓް ކޮސްޓިއުމް ޑިޒައިން. ހެހެ" މިހެންނެވެ.



މީގެއިތުރުން، އެންމެ މޮޅު ބަޠަލާއިންގެ ލިސްޓުގައި އައްޒަ އާއި ޝީލާގެ ނަން ނުހިމެނުންކަން، ނަހޫގެ ނަޒަރުން ވެސް ކައްސާލައިގެނެއް ނުދެއެވެ. އެދެފަންނާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން ނަހޫ ބުނެފައިވަނީ
"4426 ދިޔައީ އެބޭފުޅުންގެ ބޯމަތިން، ގެޓެއް ނުވި. ވިސްނޭ ވަރުގަ ހުރީ ކޮސްޓިއުމްކޮޅު އެކަނި. މަރިޔަމް އައްޒަ، ޝީލާ ނަޖީބު އިޓްސް އެކްޗުއަލީ ޔޯސް"

ނަހޫ ބުނެފައިވަނީ އެންމެ މޮޅު ބަޠަލާއިންގެ އެވޯޑް ލިބުން އެންމެ ޙައްޤުވެރީ އައްޒަ އަށާއި ޝީލާ އަށް ކަމުގައެވެ.

ނަހުލާގެ މިހިތްވަރު ދިނުމަށް 4426 ގައި އެންމެން ސިއްސުވާލި އެންމެ މުހިންމު އެކަކު ކަމުގައިވާ އައްޒަ ވަނީ ނަހޫ އަށް ނިހާޔަތަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ނޮމިނޭޓް ނުވުމުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކުން އައްޒަ އަށް ގުޅާ، އެވާހަކަ ދައްކާ އެހި ކަމަށާއި، ހިތްވަރު ދިން ކަމަށް ވެސް ބުނެ، މިފަދަ ކަމެއް ދިމާވުމުން ހަގީގަތުގައި މީހުން ލޯބިވާ މިންވަރާއި ސަޕޯޓު ކުރާ މިންވަރު ހާމަ ވެއްޖެ ކަމަށް ވެސް އައްޒަ ބުނެފައިވެއެވެ.

ދިރާގު ޓީވީ ޕްރެޒެންޓްސް "ދިވެހި ފިލްމު އެވާޑްސް" ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







އަބްދުއްލަޠީފު 2017-12-13 19:12:00

ހުރިހާ ކަމެއްވެސް ޕޮލިޓިކްސް ވެފަ

ލޮސްޓް 2017-12-13 19:21:14

Pakaaas


މަރިޔަމް ވަހީދާ