އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާގެ އަނިޔާވެރި ވަކިތަކުގެ ޝިކާރައަކަށް ޙުސެއިން ވެގެން ހުރީ ދަރިންނަށްޓަކައި، އެކަމަކު އެދަރިންވެސް އޭނާއަށް ދިނީ އަނިޔާ!

އަނބިމީހާގެ އަނިޔާވެރި ވަކިތަކުގެ ޝިކާރައަކަށް ޙުސެއިން ވެގެން ހުރީ ދަރިންނަށްޓަކައި، އެކަމަކު އެދަރިންވެސް އޭނާއަށް ދިނީ އަނިޔާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 7 ސިކުންތު

މައިންބަފައިންނަކީ ކޮންމެ ދަރިއަކަށް ވެސް އެންމެ މުހިންމު ދެމީހުން ކަމުގައިވުމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ޚާއްސަކޮށް މައިންނަށް ބޮޑަށް ކަމޭ ހިތައި، އެމައިން ހިތުގައި ނުޖެއްސުމަށް ދީނުގައި ވެސް އަންގަވާފައި ވެއެވެ.

ނަމަވެސް އޭގެ މާނައަކީ، މައިމީހާއަށްޓަކައި ތިމާ މީހާގެ ބައްޕައާއި މެދު ބޭއިންސާފުވެ، އެބައްޕައަށް އަނިޔާކޮށް ހިތުގަ ޖެއްސުމެއް ނޫނެވެ. ތިމަންނާގެ މަންމަ ވެސް ބައްޕައާއިމެދު ކަންތައް ކުރަނީ މިހެންނޭ، އެހެން ކަމުން ތިމަންނާ ވެސް ބައްޕައަށް ހަދާލާނީ ހިތުހުރިހާ ގޮތެކޭ ހިތައް އަރުވާ، އެބައްޕައަށް އަނިޔާ ކުރާކަށް ދީނުގައި ވެސް އަންގަވާފައެއް ނުވެއެވެ.

އާންމުކޮށް އަހަރެމެންނަށް އިވެމުން މިދަނީ އަންހެނުންނަށް ކުރާ ގެވެށި އަނިޔާއާއި ގޯނާތަކުގެ ވާހަކައެވެ. އަންހެނުންނަށް އެމީހުންގެ ފިރިން އަނިޔާވެރިވެ، އަޅެއް ފަދައިން ގެންގުޅޭ ވާހަކައެވެ. ނަމަވެސް ގެވެށި އަނިޔާއަކީ ހަމައެކަނި އަންހެނުން ތަޙައްމަލު ކުރަން ޖެހޭ ކަމެއް ނޫނެވެ. މިފަދަ ހަލާކުވެފައިވާ ޒަމާނެއްގައި ފިރިހެނުންނަށް އަންހެނުން ކުރާ ގެވެށި އަނިޔާވެސް މަދެއް ނޫނެވެ.

މިއީ ވެސް އެފަދަ ފިރިހެނެއްގެ ވާހަކައެކެވެ. ލ. ގަމުގައި ހިނގި ހަގީގީ ހާދިސާތަކެކެވެ.

ލ. ގަން/މަތިމަރަދޫ ފިޔާތޮށިމާގޭ އުމުރުން 46 އަހަރުގެ ޙުސެއިން އިދްރީސް އަކީ 14 އަހަރު ވަންދެން އޭނާގެ އަނބިމީހާ އާއި ދަރިންގެ އަނިޔާ ތަޙައްމަލު ކުރަމުން ގެންދިޔަ މީހެކެވެ.

މިއަދުނޫހަށް" މައުލޫމާތު ދެމުން ޙުސެއިން އަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ބުނީ، ޙުސެއިން ނިދަން ބާއްވާފައި އޮންނަނީވެސް ލ.ގަމުގައި ހުންނަ އޭނާގެ އަމިއްލަ ގެއާއި ވަކިން އިންނަ ކުޑަކުޑަ ގުދަންކޮޅެއް ކަހަލަތަނެއްގައި އެންމެންނާއި އެކަހެރި ކޮށްލާފައި ކަމަށެވެ.

"އެންމެ ކުރިންސުރެ ވެސް ބޭބެ ހުންނަނީ ވަރަށް އެކަނި ކޮށްލާފަ. އަނބިމީހާއާއި ވެސް ދުރުގައި ބަހައްޓާފަ ހުންނަނީ." އެކުއްޖާ ބުންޏެވެ.

ޙުސެއިންގެ ހަތަރު ދަރިން އެބަތިއްބެވެ. އެންމެ ހަގު ކުއްޖާ ވަނީ މިއަހަރު ގްރޭޑް އަށެއް ނިންމާ، ނުވައަކަށް ގޮސްފައެވެ. އެކުއްޖާގެ އުމުރުން މިހާރު 14 އަހަރެވެ. ދެން ތިބި ދަރިންގެ އުމުރަކީ 28 އަހަރާއި، 24 އަހަރާއި 21 އަހަރެވެ.

"އެއްވެސް ލޯތްބެއް ނުދޭ. ކައްކާފަ ކާން ވެސް ދެނީކީ ނޫން. ބޭބެ ފެނުން މީހަކަށް ވެސް އެކަން އިނގޭނެ. ހިކިހިކި އިލޮއްޓެއްހެން ހުންނާނީ" ޙުސެއިން އަށް ބޮޑުބޭބެ ކިޔާ ކުއްޖާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޙުސެއިންގެ އަނބިމީހާ އަބަދުވެސް ބެހެއްޓީ ޙުސެއިން ދަށު ކޮށްފައެވެ. އެއަންހެން މީހާ ބޭނުންވީ މުދަލާއި ފައިސާ އެވެ. ދެން ބޭނުންވީ ޙުސެއިން ކައިރިން ވަރިވާށެވެ. އޭގެން އެއްވެސް ކަމެއް ނުކޮށް ދިނުމުން ދެން ފެށީ އެކި ގޮތްގޮތުން އަނިޔާ ކުރާށެވެ.

"ބޭބެ ވަރަށް ލޯބިވޭ ބޭބެގެ ދަރިން ދެކެ. އެހެންވެ ބޭނުމެއް ނުވި ވަރިކުރާކަށް. އެހެންވެ ބުނިހާ ގޮތެއް ހަދައިގެން އުޅުނީ. އެކަމަކު ގެއާއި އެއްޗެހި ވެސް ނުދިނީމަ ބޭބެގައިގަ ތަޅާ އަނިޔާ ކުރި. ބޭބެގެ ދަރިން ވެސް ބޭބެ ދެކެ ލޯތްބެއް ނުވޭ. އެމީހުންވެސް ބޭބެއަށް އަނިޔާ ކުރީ. މައިމީހާ ދަސްކޮށްދޭ އެއްޗެއްތާ ދޯ ދަސްވާނީ" އެކުއްޖާ ބުންޏެވެ.

ޙުސެއިން އަށް ކުރިމަތިލާން ޖެހުނު ވޭނާއި ކެކުޅުންތައް އަނބިމީހާއާއި ދަރިންގެ އަނިިޔާވެރިކަމަކުން ނުނިމެއެވެ. އޭނާ ވަރަށް ބޮޑަށް ބަލިވުމުން ޑޮކްޓަރަށް ދެއްކުމުން އެނގުނީ ޙުސެއިން އަށް ބްރެއިން ޓިއުމަރ ޖެހިފައިވާ ކަމާއި ހާލު ވަރަށް ކްރިޓިކަލް ކަމެވެ.

" އޭޑީކޭ އިން ޑރ. ނިޔާފް ވިދާޅުވި ސަލާމަތް ވާނެ ކަމުގެ އުންމީދު ވަރަށް ކުޑައޭ. އެއީ ހަމަ ނާރުތަކުގެ މެދުގައޭ ޓިއުމަރ އުފެދިފަ އިނީ. އެކަމަކުވެސް ބޭބެ ގެ ބޮލުގެ އޮޕަރޭޝަނެއް ކުރި މާރޗް މަހުގެ 29 ވަނަ ދުވަހު. އޮޕަރޭޝަންކޮށް ނިމުމަށްފަހު ޑޮކްޓަރ ވިދާޅުވީ ހަމައެކަނި ކެނޑުނީ އެންމެ ނާރެއް ކަމަށް، އަދި ބޭބެ އަމިއްލައަށް މަސައްކަތް ކޮށްފިއްޔާ ކޮންޓްރޯލް ކުރެވޭނެ ކަމަށް.

ދެން ވާން ފެށި ގޮތަކީ، ކުޅު އަމިއްލައަށް ނުއެއް ދިރުވޭ. ޖެހެނީ ކުޅު ޖަހަން. ހިނގާ އުޅެވޭ އެކަމަކު ރަނގަޅަށް ވާހަކައެއް ނުދެއްކޭ."

ބްރެއިން ޓިއުމަރ ޖެހުމުން، ޙުސެއިން އޮޕަރޭޝަން ކުރި ފަހުން ވެސް އަށް ފަހަރަށް އޭނާގެ އަނބިމީހާއާއި ދަރިން އޭނާއަށް އަނިޔާ ކޮށްފައިވެއެވެ.

"އެ އޮޮޕަރޭޝަން ކޮށްގެން ދެމަސް ވަންދެން އައިސީޔޫ ގަ އޮވެފަ، އައިސީޔޫ އިން ނެރުން ދުވަހު ބޭބެގެ ދޮށީ ފިރިހެން ދަރި ބޭބެ މަރުނުވެގެން ބޭބެއާއި ދިމާލަށް އެއްޗެހި ގޮވި. ކުޅު ނުވިއްސާށޭ ކިޔައިގެން ވެސް އެއްޗެހި ކިޔާ ބޭބެގެ ހާލު ދެރަކޮށްލުމުން އަނެއްކާ އަނެއް ދެ ހަފްތާ ވަންދެން އައިސީޔޫ އަށް ބޭބެ ލާން ޖެހުނީ" ބޮޑުބޭބެއަށް އެމީހުން ދިން އަނިޔާތައް ކިޔާ ދެމުން އެއްކުޖާ މައުލޫމާތު ދިނެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ ބޭބެއަށް ކޮށްފައިވާ އަނިޔާތައް ފުލުހުންނަށް ވަނީ މިއަދު މެންދުރު ރިޕޯޓު ކޮށްފައެވެ. ފުލުހުންނަށް ރިޕޯޓު ކުރުމުން ޙުސެއިން ގެ ދޮށީ ފިރިހެން ދަރި ސައްދާމް ޙުސެއިން (އޭނާއަކީ ވެސް ފުލުހެއް ކަމަށް އެކުއްޖާ ބުނި)،ވަކީލެއް ހޯދަން ބޭނުންވާ ކަމަށް ބުނުމުން އާދީއްތަ ދުވަހާއި ހަމައަށް މުއްދަތުދިން ކަމަށް ވެސް އަނޫ ބުނެފައިވެއެވެ.

"ބޭބެގައިގަ ނިޔަފަތި އަޅުވާފަ ހުރިތަންތަން ހުރި ލޭކަނޑައިގެން ގޮސްފަ. ކަރުގަ ވެސް އެހާ ބާރަށް ހިފުމުން ހުރީ މާރކު ޖަހާފަ." ހުސެއިން އަށް މިއަދު ކޮށްފައިވާ އަނިޔާތަކުގެ ތަފްސީލު ދެމުން އެކުއްޖާ ކިޔާދިނެވެ.

ޙުސެއިންއަށް އެވަރުގެ އަނިޔާއެއް އޭނާގެ އަނބިމީހާ އެންމެ ފުރަތަމަ ދޭން ފެށީ އޭނާއާއިއެކު އުޅެން ފޫހިވެގެންނެވެ. އޭގެ ފަހުން ޙުސެއިން ބަލިވުމުން، އޭނާއާއިއެކު ނުއުޅެވޭނެ ކަމަށާއި ނުގެންގުޅެވޭނެ ކަމަށް ބުނެ އަނިޔާ ކުރަމުން ގެންދިޔައެވެ.

"އޭނަ ބުނި ބޭބެ ކައިރީގަ އެގެ ބޭނުންވާ ވާހަކަ. ބޭބެގެ ގެ އަސްލު އެއީ. އެކަމަކު އެމީހުން ބޭނުންވަނީ ބޭބެ އެގެއިން ނިކުންނަން. މިމައްސަލައިގަ އެމީހުން ބޭބެގެ ގައިގަ ތަޅަން ފެށީ. ބޭބެ ބުނީ ނުނިކުންނާނަމޭ."

ޙުސެއިން އިދުރީސް އަށް އަނިޔާކުރި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމުން، އޭނާގެ ފިރިހެން ދަރި ހައްޔަރު ކުރިކަމަށް އަނޫ ބުންޏެވެ. ނަމަވެސް ވަކީލެއް ބޭނުންވާ ވާހަކަ ބުނުމުން، އާދިއްތަ ދުވަހާއި ހަމައަށް މުއްދަތުދީ ސައްދާމު ދޫކޮށްލިކަމަށް ވެސް ހުސެއިން އަށް ބޮދުބެބެ ކިޔާކުއްޖާ ބުންޏެވެ.

މީގެ އިތުރުން އެކުއްޖާ ބުނި ގޮތުގައި ޙުސެއިން މަރާލުމަށް އޭނާގެ ދަރިންގާތު އޭނާގެ އަނބިމީހާ އޮންނަނީ ބުނެފައެވެ. މިއަދު އެއަނިޔާތަކަށް ކެތްނުވެގެން ސަލާމަތްވުމަށް ޙުސެއިން ރޮމުން ދިޔައީ ބޮޑުބޭބެ ކިޔާ ކުއްޖާގެ ގެއަށް ދިޔުމަށެވެ. ނަމަވެސް ނުބައި ދޮރަކުން ވަދެވިގެން އޭނާއަށް ދެވުނީ އެހެން ތިމާގެ މީހެއްގެ ގެއަށެވެ. އެހެންނަމަވެސް އަވަހަށް އެމްބިއުލެންސް އަށް ގުޅާ ޙުސެއިން ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި ޕޮލިހަށް ރިޕޯޓު ކުރިއިރު ޙުސެއިން ގެ އަނބިމީހާއާއި އެހެން ދަރިން، ލ. ގަން ކައިރީގައި އޮންނަ މާމެންދޫ އަށް ފުރައިފިއެވެ. ފުލުހުންނަށް ހަމައެކަނި ހައްޔަރު ކުރެވުނީ ސައްދާމު އެވެ.

މިމައްސަލައާއި ގުޅޭ ގޮތުން މައުލޫމާތު ހޯދާލުމަށް ފުލުހުންނަށް ގުޅާލުމުން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީހެއް ގައިގަ ޖެހި ކަމުގެ މައްސަލައެއް ތަޙުޤީޤު ކުރެވެމުންދާ ކަމަށާއި މިވަގުތު އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ހިތާމަކުރަން 2017-12-15 06:09:09

ރޮވިއްޖެ...

ee 2017-12-15 09:33:09

سبحانالله. <br /> لاحول ولا قوة الا بالله.<br />

Ekamaku 2017-12-15 09:47:47

Beybege evvess kusheh nei thw thikamuga...thikan thigothah gossfinama thee v nubai vegenvaa kameh...anoo GE beybe kuramun gendhaa kanthah anoo akah vess nufenunu..e ee Ekan vaane goi...

ހިލަބެ 2017-12-15 10:17:40

މީދެންބޮޑުވަރެއް މިފަދައަނިޔާގަ މިހާދުވަސްވީއިރު ކީއްވެތޯ ސަރުކާރުން އަޅާނުލަނީ ?

Moosa 2017-12-15 10:41:23

Ham hanyaru kuram vyyy

އެކުވެރި 2017-12-15 10:44:40

ތިމައްސަލަ ރައްގަލަން ފުލުހުން ތަރުޤީގު ކުރެވެން ޖެހޭނެ. ހުސައިން ގެ ދޮށީދަރި ފުލުހައްކަން ވިއްޔަސް އޭނަވެސް ކުއް ކުރެވިފަ އޮތިއްޔާ އެކައްމުގެ އަދަބު އޭނަޔަން ދޭންޖެހޭނެ.

ސަލާމް 2017-12-15 12:24:58

ސައްދާމު އެއީ ވަރަށް ނުބައި މީހެއް

ވަރިވެފައި ހުރިފިރިހެނެއް 2017-12-15 13:02:23

ގިނަ ފަހަރައް އަންހެނުންގެ ފަރާތުން އަނިޔާމިލިބެނީ ފިރިހެން މީހާ އަންހެންމީހާދެެކެ ވާ ލޯތްބެއްގެ ބޮޑުކަމުން، އަދި އޭނަ އަށް އަޅާލާ މިންވަރު އިތުރުވީމަވެސް ދަށުކޮށްލާ ދެރަކޮށްފަ ބަހައްޓާ! ފިރިހެނުންގެ ތެރޭގައި ތިބޭނެ ތަފާތު މިޒާޖުގެ މީހުން ހަމަ އެގޮތައް އަންހެނުންގެ ތެރޭގައިވެސް އުޅޭނެ ތަފާތު މީހުން. އެއްވެސް މީހަކަށް ކިތަންމެ ދުވަހަކު ރައްޓެހިވެގެން އުޅުނަސް ައަންހެނެއްގެ ހަޤީގަތެއް ނޭގޭނެ،. އިނުމަށްފަހު އެ އޮޑީގައި ކަބަންފަށާ މަސްބޭނުމުން ނޫނީ ނަގަން އުޅޭ ރާޅެއްގެ ބޮޑުކަމެއްވެސް ނޭގޭހާލުގައި ގިނަމީހުން ދިރިއުޅެމުންދަނީ! ފިރިމީހާ އަންހެންމީހާ އަށާއި ދަރިންނައް ކޮށްދޭ ހަރަދު ތަކަކީ ވަކިކުޑަކަމެއްނޫން. އެކަމަށް ގިނަ އަންހެނުން ޝުކުރުވެރި ނުވާ ހާލު ފިރިމީހާގެ އެއްވެސް އަގެއް ނެތްކަން އޭނަގެ ރައްޓެހިންކުރިމަތީގައި ދައްކަން މަސައްކަތް ކުރާއަންހެނުންވެސް މަދެއްނޫން. މިދުނިޔެއަކީ ވަގުތީ ތަނެއްކަން ހަނދާން ނައްތާލާ ފައިސާގެ ދަހިވެތި ކަމުގައި މުޅިއުމުރުގައި ހޯދި ފައިސާ ލޯބިވާ އަނބިމީހާ އަށް ހަރަދުކޮށް ފިރިމީހާ ގައިގެ ބާރުނެތި މުސްކުޅިވާ ހާލުގައި ކިތައްމީހުންތޯ ފިރިމީހާ ނުބަލަންވެގެން އޭނާކައިރިން ވަރިވެގެން އުޅެނީ! އަނބިމީހާ ވަންނާނެތަން ހެދިފަ ދަރިންނައް ކިޔަވާދެެވިފަ ދަރިން މީހުންނާ އިނދެ އުފަލުގައި އުޅެންބޭނުންވާ ދުވަހު ފިރިމީހާ މިޖެހެނިީ ދަތިހާލުގައި ވަަންނާނެތަނެއްނެތި ބަލާނެމީހެއްނެތި މަގުމަމަތިވެފަ. މިހުސާބުން ކުރުކޮއްލާނަން، މިގޮތައްް ކިތަންމެ ވަރަކައްވެސް މިވާހަކަ ލިޔެވިދާނެެ. އުއްމީދުކުރަނީ ފިރިހެނުންނަށް ިކުރާ އަނީޔާ ތައް ހޭލުތެރިގޮތަކަށް މިކަންތައް މުޖުތަމައު އަށް އެގި މިގޮތައް އުޅޭ އާއިލާތައް ދެނެގަނެ މިކަމަށް އެކަށީގެންވާ ފިޔަވަޅުއެޅުމަށް ގޮވާލަން. ފިރިހެނަކަށްވެހުރެ ބުނެލަން ތިބޭބެ އަށް 14އަހަރުވަންދެން އަނީޔާކުރަމުން ދިޔަމީހުންނައް ހެޔޮވިސްނުންދެއްވައި ބޭބެ އަށް ކެތްތެރިކަން މާތަﷲ މިންވަރު ކުރެއްމުން އެދެމެވެ. " އާމީން "

Ali 2017-12-15 13:32:38

Thi sadhaam aky varah foni bodaa fuluhe eyna ah eyna fenifa hunnany ekam haraan egey ekahche ves mashaky ves eyna aa eku massakai kuri fuluhe

Katheebu 2017-12-15 15:53:17

Thee mulhin rangalhah liyefa vaa vaahakayeh noon


މަރިޔަމް ވަހީދާ