އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީރާއަށް ޖީއެސްޓީ ނުދައްކާ ދެ ކުންފުންޏަކުން ޖީއެސްޓީ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

މީރާއަށް ޖީއެސްޓީ ނުދައްކާ ދެ ކުންފުންޏަކުން ޖީއެސްޓީ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖީއެސްޓީ ނުދައްކާ ދެ ކުންފުންޏަކުން ޖީއެސްޓީ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އަޒިމުތު ޕްރައިވެޓް ލިމިޓެޑުގެ މައްޗަށާއި ޓީއެލްއެމް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށެވެ.

މީގެ ތެރެއިން އަޒިމުތު ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ދެ މަސްދުވަހުގެ ތެރޭގައި 409,579 (ހަތަރުލައްކަ ނުވަހާސް ފަސް ސަތޭކަ ހަތްދިހަ ނުވަ) ރުފިޔާ ދެއްކުމަށެވެ. އަދި ޓީއެލްއެމް ކުންފުނީގެ މައްޗަށްކޮށްފައިވަނީ 98,492.18 (ނުވަދިހަ އަށްހާސް ހަތަރު ސަތޭކަ ނުވަދިހަ ދެ ޑޮލަރު އަށާރަ ސެންޓް) އަދި 43,000 (ސާޅީސް ތިންހާސް) ރުފިޔާ ދެ މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށެވެ.

މީގެ އިތުރުން މީރާއަށް ޖީއެސްޓީ އާއި ޖޫރިމަނާ ނުދައްކާ އޮތް 26 ފަރާތެއްގެ މައްސަލަ މިހާރުވެސް އަންނަނީ ސިވިލް ކޯޓުން ބަލަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް