އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާއިތުވި މަހު ރާއްޖެއިން 386 މިލިއަން ރުފިޔާގެ މުދާ ބޭރުކުރި – މިއީ 99 އިންސައްތަ އިތުރުވުމެއް

ފާއިތުވި މަހު ރާއްޖެއިން 386 މިލިއަން ރުފިޔާގެ މުދާ ބޭރުކުރި – މިއީ 99 އިންސައްތަ އިތުރުވުމެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

ފާއިތުވި ނޮވެމްބަރ މަހު ރާއްޖެއިން 386 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާ ކަމަށާއި މިއީ 99 އިންސައްތަ އިތުރުވުމެއް މޯލްޑިސްވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2016 ވަނަ އަހަރު ރާއްޖެއިން ބޭރުކޮށްފައިވަނީ 194 މިލިއަން ރުފިޔާގެ މުދަލެވެ. އަދި މިދިޔަ މަހު 386 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާ އިރު، އެއީ 99 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ އިތުރުން ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކޮށްފައިވަނީ މަހުގެ ބާވަތްތައް ކަމަށާއި އެގޮތުން އެންމެ ގިނައިން ރާއްޖެއިން ބޭރުކޮށްފައިވަނީ ފިނިކުރި ކަޅުބިލަ މަސް ކަމަށްވެސް ވަނީ ބުނެފައެވެ.

އެގޮތުން ބޭރުކުރި މުދަލުގެ 35 އިންސައްތައަކީ ކަޅުބިލަ މަސް ކަމަށާއި ބޭރުކުރި މަހުގެ ޢަދަދު 97.8 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި 65.7 މިލިއަން ރުފިޔާގެ ބޮޑުކަންނެލި ރާއްޖެއިން ބޭރުކޮށްފައިވާ އިރު، އެއީ އެކްސްޕޯޓުގެ 23 އިންސައްތަ ކަމަށް ބުނެފައިވެއެވެ.

ހަމަމިއާއެކު މަހުން ތައްޔާރުކޮށްފައި ހުންނަ ކާނާގެ ބާވަތްތައްވެސް ރާއްޖެއިން މިދިޔަ މަހު ބޭރު ކުރި އިރު، އެ ބާވަތުގެ މުދަލުގެ އަގު 61.9 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި މި ބާވަތްތައް ރާއްޖެއިން އެންމެ ގިނައިން ބޭރުކުރީ ތައިލެންޑަށް ކަމަށް ތަފާސް ހިސާބުން ދައްކައެވެ. އަދި 36 އިންސައްތަ މުދާ ގެންދިޔައީ އެ ޤައުމަށް ވަނީ ބުނެފައެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުގައިވާގޮތުން ޖުމްލަ އެކްސްޕޯޓްގެ 10 އިންސައްތަ މުދާ އެކްސްޕޯޓްކޮށްފައިވަނީ ފަރަންސޭސިވިލާތް، އެމެރިކާ އަދި އިނގިރޭސިވިލާތަށެވެ.

އެހެންނަމަވެސް ނޮވެމްބަރ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ އަގު 2016 ވަނަ އަހަރުގެ ނޮވެމްބަރ މަހާ އަޅާބަލާއިރު 5 އިންސައްތަ ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ރާއްޖެއަށް 3.2 ބިލިއަން ރުފިޔާގެ މުދާ ގެނައިރު، މިއަހަރުގެ ނޮވެމްބަރ މަހު މިޢަދަދުވަނީ 3.1 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 23 އިންސައްތަ މުދާ ޔޫ.އޭ.އީ އިން، 13 އިންސައްތަ ސިންގަޕޫރުން އަދި އިންޑިއާއިން 13 އިންސައްތަ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޗައިނާ އާއި މެލޭޝިޔާއިން ވަނީ 8 އިންސައްތަމުދާ ރާއްޖެ އެތެރެކޮށްފައެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީވެސް ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު މިދިޔަ މަހު 2 އިންސައްތަ ދަށަށް ގޮސްފައެވެ.

މިއަހަރު ނޮވެމްބަރުމަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 246 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2016 ވަނަ އަހަރުގެ ނޮވެމްބަރ މަހު 252 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް