އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިފަހަރު ހަމަ ޔަޤީނުންވެސްވީ މަޖޫގެ އަހަރަށް، ކާމިޔާބުކަމާއިއެކީ ފަސް އެވާރޑް އުފުލާލި

މިފަހަރު ހަމަ ޔަޤީނުންވެސްވީ މަޖޫގެ އަހަރަށް، ކާމިޔާބުކަމާއިއެކީ ފަސް އެވާރޑް އުފުލާލި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ދިރާގު ޕްރެޒެންޓްސް "ދިވެހި ފިލްމު އެވާރޑްސް 8" ރޭ ނިމިގެން ދިޔައިރު، އެންމެ ކާމިޔާބު އެއް ފަންނާނު ކަމުގައިވެފައި މިވަނީ ކުޅަދާނަ ބަޠަލާ މަރިޔަމް މަޖުދާ (މަޖޫ) އެވެ.

ނޮމިނޭޝަން ލިސްޓު މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އިއުލާން ކުރިއިރު، ގިނަ ކެޓަގަރީތަކެއްގައި މަޖޫ ނޮމިނޭޓްވެފައި ވުމުން ވެސް، މިއަހަރަކީ މަޖޫއަށް ވަރަށް ކާމިޔާބު އަހަރަކަށް ވެގެންދާނެ ކަމާއިމެދު އެކަކުވެސް ޝައްކެއް ނުކުރެއެވެ.

ދިވެހި ފިލްމު އެވާރޑްސް 8 ގެ ޚަފްލާ ރޭ އޮލިމްޕަހުގައި ބޭއްވިފައިވާއިރު، މަޖޫއަކީ މިހާރު ފިލްމު އިންޑަސްޓްރީގައި ހުރި ހުނަރުވެރި ފަންނާނުންގެ ތެރެއިން އެކަކުކަން މިވަނީ ސާބިތުވެފައެވެ. ޖުމްލަ ފަސް އެވާރޑެއް މަޖޫއަށް ލިބިފައިވާއިރު ތަފާތު އެކި ކެޓަގަރީތަކުން އޭނާ ކުޅުނު ތިން ފިލްމުން ވެސް ވަނީ ނޮމިނޭޓް ވެފައެވެ. އެއީ "ހުޅުދާން"، "އެންމެ ފަހު ވިންދާ ޖެހެންދެން" އަދި "ވާށޭ މަށާ އެކީ" އެވެ.

މަޖޫއަށް ލިބުނު އެވާޑްތަކަށް ބަލާއިރު އެންމެ މޮޅު މޭކަޕް އާޓިސްޓް، އެންމެ މޮޅު ކޮރިއޮގްރަފީ، އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން، އެންމެ މޮޅު ނިއު-ކަމަރ (އަންހެން) އަދި އެންމެ ފަޚުރުވެރި އެވާރޑް ކަމުގައިވާ އެންމެ މޮޅު އަންހެން އެކްޓްރެސް ގެ އެވާޑް ވެސް ހިމެނެއެވެ. އެންމެ މޮޅު އެކްޓްރެސްގެ އެވާރޑް މަޖޫއަށް ލިބިފައިވަނީ ޑަކް ރެއިން އެންޓަރޓެއިންމެންޓެ ގެ "ވާށޭ މަށާ އެކީ" މިފިލްމުން ނެވެ.

މަޖޫގެ ވިދުވަރު ބެލުންތެރިންނާއި ހަމައަށް އެންމެ ފުރަތަމަ ފެނިފައިވަނީ ފިލްމު "ހުޅުދާން" އިން ނެވެ. އެންމެ މޮޅު ނިއު-ކަމަރ ގެ އެވާރޑް އޭނާ ހާސިލް ކޮށްފައިވަނީ ވެސް އެފިލްމުންނެވެ. މިހާތަނަށް މަޖޫ ކުޅުނު ތިން ފިލްމަކީ ވެސް ޑާކްރެއިން އެންޓަރޓެއިންމެންޓް ގެ ފަރާތުން އުފައްދާފައިވާ ތިން ފިލްމުކަން ފާހަގަ ކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ