އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދި މިހުރީ "ލީނާ" ކުޅޭ ގޮތަށް- އައްޒަ

އަދި މިހުރީ "ލީނާ" ކުޅޭ ގޮތަށް- އައްޒަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

އަންނަ އަހަރު އުފައްދާ ރިލީސްކުރަން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން، ދިވެހި ފިލްމު އިންޑަސްޓްރީ ގައި މިފަހަކަށް އައިސް އެންމެ ގިނައިން ވާހަކަ ދެއްކެވޭ އެއް ފިލްމަކީ ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) އުފައްދަން އުޅޭ ފިލްމު "ލީނާ" ގެ ވަހަކަތަކެވެ.

މިފިލްމަކީ މުޅި ރާއްޖެ ސިއްސުވާލި އެއް ގަތުލު ކަމުގައިވާ، އަޒްލީނާ ނަސީރުގެ މަރުގެ ހާދިސާއަށް ބިނާކޮށް "އިންސްޕަޔަރ" ވެގެންކަމަށް ބުނެ މުއާ އުފައްދަން އުޅޭ ފިލްމެކެވެ. ފިލްމު އުފައްދަން އުޅުނު ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް މިފިލްމާއިމެދު ގިނަ ބައެއްގެ ފާޑު ކިޔުންތައްވަނީ އަމާޒުވެފައެވެ. ބައެއް ބެލުންތެރިންގެ އިތުރުން ޚުދް އަޒްލީނާގެ އާއިލާއިން ވެސް ވަނީ އެފިލްމު އުފެއްދުމާއި ދެކޮޅު ހަދާ އެކަން ނުކޮށް ހުއްޓާލުމަށް މުއާ އަށް ގޮވާލާފައެވެ.

އޭގެ އިތުރުން، ފިލްމުގައި އަޒްލީނާގެ ރޯލު ކުޅުމަށް ހަމަޖެހިފައިވާ ފިލްމީ ތަރި މަރިޔަމް އައްޒަ އަށް ވެސް ބައެއް ފަރާތްތަކުން ވަނީ އެފިލްމު ނުކުޅެ ދޫކޮށްލުމަށް އެދި ގޮވާލާފައެވެ.

"ލިބިފައިވާ ކާމިޔާބީއަށް ބުރޫ އަރާފާނެ ކަމެއް ނުކުރުމަށް އައްޒަ އަށް ގޮވާލަން، މިފިލްމު ނުކުޅެ ދޫކޮށްލުމަށް އެދެން" އެއް ބެލުންތެރިއަކު އެދިފައިވެއެވެ.

ބައެއް ބެލުންތެރިންގެ އެއެދުމަށް އައްޒަ ވަނީ ޖަވާބު ދީފައެވެ.

"މިއަދުނޫހަށް" ދިން ބަސްދީގަތުމެއްގައި އައްޒަ ބުނެފައިވަނީ އައްޒަ އަދި ހުރީ "ލީނާ" ކުޅޭ ގޮތަށް ކަމަށާއި އަދި ވަކި ނިންމުމެއް ނިންމުމަށް އަވަސް ކަމަށެވެ.

"އޯކޭ ކަމެއް ކަމަށް ފެންނަނީ. އަދި މިހުރީ ހަމަ ކުޅޭގޮތަށް އެރޯލު، އެކަމަކު ޑިސިޝަން އެއް ނަގަން ވެސް އަދި އަވަސް" އައްޒަ ބުނެފައިވެއެވެ.

އައްޒަ ބުނިގޮތުގައި ބައެއް މީހުން މިކަން (އަޒްލީނާގެ ޙަޔާތަށް ބިނާކޮށް ފިލްމެއް ހެދުން) ނަގަނީ ވަރަށް ނެގަޓިވް ކޮށެވެ. ނަމަވެސް މިކަން ޕޮޒިޓިވްކޮށް ނަގާ މީހުންވެސް އުޅެއެވެ.

"މިކަން ނެގަޓިވްކޮށް ނަގާ މީހުންވެސް އެބައުޅޭ. ކޮންމެ ތަނެއްގަވެސް ހުންނާނެ ކަންނޭގެ. ޕޮޒިޓިވްކޮށް ނަގާ މީހުން ވެސް އެބަތިބި. އެކަމަކު މިއީ ބޭރު ތަންތާނގަވެސް ކުރާ ކަމެއް، މީހަކާއިމެދު އިންސްޕަޔަރ ވެގެން ފިލްމެއް އުފެއްދުން. އެހެންވީމަ އެއީ އަސްލު މައްސަލައެއް ކަމަކަށް ނުދެކެން" އައްޒަ ބުުނެފައިވެއެވެ.

މީގެއިތުރުން އައްޒަ ބުނެފައިވަނީ، މިސާލަކަށް އައްޒަ މިފިލްމު ނުކުޅެ ދޫކޮށްލި ކަމުގައި ވިޔަސް، ފިލްމަށް އައްޒަގެ ބަދަލުގައި އެހެން އެކްޓަރެއް ނަގާނެ ކަމަށާއި، އައްޒަ ނޫނެކޭ ބުނެ ފިލްމު ދޫކޮށްލި ކަމުގައިވިޔަސް ފިލްމު ދާނީ ކުރިއަށް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ