އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެލާގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

ކެލާގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 42 ސިކުންތު

ހއ. ކެލާ ގައި އިއްޔެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އުމުރުން 20 އަހަރުގެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކެލާ ސްކޫލު ކައިރީގައި ސައިކަލަކާއި ޕިކަޕެއްޖެހި އެކްސިޑެންޓްވެ، އުމުރުން 20 އަހަރުގެ އެޒުވާނާގެ އިތުރުން 14 އަހަރުގެ ކުއްޖަކަށް ވެސް އަނިޔާވެފައިވެއެވެ. ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ޒުވާނާ އިތުރު ފަރުވާއަށް އެއަތޮޅު ދިއްދޫއަށް ގެންގޮސްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

"އެކްސިޑެންޓް ވެފައިވަނީ އެރަށު މަދޮށިމަގާއި ޔަންގްފޯސް މަގު ގުޅުނު ހަތަރު އަނގޮޅި ކަންމަތީގައި. ސައިކަލު ޖެހިފައި ވަނީ ޕިކަޕުގެ ފަހަތުގައި . ސައިކަލު ދުއްވަން އިން ޒުވާނާއަށް ލިބިފައިވާ އަނިޔާތަކަށް އިތުރު ފަރުވާއަށް މިހާރު ވަނީ އެއަތޮޅު ދިއްދޫއަށް ގެންގޮސްފައި" މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ