އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ޑޯން 3" އުފެއްދުމުގެ މަސައްކަތް ފަށާނެ ދުވަހެއް އަންނަ އަހަރު އެނގޭނެ- ޕްރޮޑިއުސަރ

"ޑޯން 3" އުފެއްދުމުގެ މަސައްކަތް ފަށާނެ ދުވަހެއް އަންނަ އަހަރު އެނގޭނެ- ޕްރޮޑިއުސަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ބޮލީވުޑް ގެ އިތުރުން މުޅި ދުނިޔެއަށް މަޝްހޫރު ފިލްމީތަރި ޝާހްރުކް ޚާން ކުޅެފައިވާ ފިލްމު "ޑޯން" އަދި "ޑޯން 2" ގެ ކާމިޔާބަށްފަހު ގިނަ ބެލުންތެރިން އެންމެ އިންތިޒާރު ކުރަމުން ދަނީ "ޑޯން 3" އުފައްދާ ރިލީޒް ކުރާނެ ދުވަހަކަށެވެ.

ގިނަ ބެލުންތެރިންގެ މިއެދުމަށް ޖަވާބު ދެމުން ފިލްމުގެ ޕްރޮޑިއުސަރ ރިތޭޝް ސިދްވާނީ ބުނެފައިވަނީ "ޑޯން 3" އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފަށާނެ ދުވަހެއް އަންނަ އަހަރު އެނގިގެން ދާނެ ކަމަށެވެ.

އެންމެ ފުރަތަމަ އަމީތާބް ބަޗަން އެކްޓު ކުރި "ޑޯން" މިފިލްމަކީ 90 ގެ އަހަރުތަކުން ފެށިގެން ގިނަ ބެލުންތެރިންގެ މަޤްބޫލުކަން ލިބިފައިވާ ފިލްމެކެވެ. ރިތޭޝް ސިދްވާނީ އާއި ފަރްޚާން އަޚްތަރު ހިންގާ ކުންފުނި، އެކްސެލް އެންޓަރޓެއިންމެންޓް އިން ވަނީ "ޑޯން" މިފިލްމުގެ ރީމޭކް ހެދުމުގެ ހުރިހާ ރައިޓެއް ނަގާފައެވެ.

"ޑޯން 3" ގެ ސްކްރިޕްޓުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށާއި، މިފަހަރުވެސް ލީޑް ރޯލުން ފެނިގެންދާނީ ޝާހްރުކް ޚާން ކަމަށް ފިލްމުގެ ޕްރޮޑިއުސަރ ވަނީ ބުނެފައެވެ. ނަމަވެސް "ރޯމާ" ގެ ރޯލުން މިފަހަރު ފެންނާނީ، ޕްރިޔާންކާ ޗޯޕްރާ ގެ ބަދަލުގައި، ދީޕިކާ ޕަދުކޯން ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

މިކަމާއި ބެހޭ ގޮތުން ފިލްމުގެ ޕްރޮޑިއުސަރ ރިތޭޝް ސިދްވާނީ އާއި ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އެއީ އަދި ވިސްނަމުން އަންނަ ކަމެއް ކަމަށާއި، އެކަމާއިމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް ހުރިހާ ކަމެއްގެ ވެސް އެންމެ ފައިނަލް ނިންމުން އަންނަ އަހަރު ކުރީކޮޅު، އެންމެންނާއި ވެސް ހިއްސާ ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ފިލްމުގެ ލީޑް އަންހެން އެކްޓަރގެ ރޯލުގެ ބަދަލުވުމުގެ އިތުރުން ޝާހްރުކް ޚާން އެކްޓުކުރި "ޑޯން" އަދި "ޑޯން 2" ޑައިރެކްޓް ކުރި ފަރްޚާން އަޚްތަރު، މިފަހަރުގެ މިފިލްމު ޑައިރެކްޓު ނުކުރާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. މިކަމާއި ބެހޭ ގޮތުން ވެސް ރިތޭޝް ބުނީ "އެންމެ ފުރަތަމަ އޭނަ (ފަރްހާން) ފިލްމުގެ ސްކްރިޕްޓު ލިޔުނަދީ. ބާކީ ހުރި އެހެން ކަންތައްތަކާއި ވިސްނާނީ އޭގެ ފަހުން" މިހެންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ